ސިފައިންގެ ވަޒީފާއިން ވަކިކުރި ޒިހާންއަށް ޑެޕިއުޓީ މިނިސްޓަރުކަން ދީފި

ސިފައިންގެ ވަޒީފާއިން ވަކިކުރި ޒިހާންއަށް ޑެޕިއުޓީ މިނިސްޓަރުކަން ދީފި

Author
ހުސެއިން
30 ނޮވެމްބަރ 2023 05:58
0

ރައީސް ސާލިހުގެ ސަރުކާރު ނިމެމުން ދަނިކޮށް އެމްއެންޑިއެފްގެ ވަޒީފާއިން ވަކިކޮށްގެން ސޯޝަލް މީޑިއާގައި ފާޑުކިޔުން އަމާޒުވި ހަސަން ޒިހާންއަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓު އެންޑް ސިވިލްއޭވިއޭޝަންގެ ޑެޕިއުޓީ މިނިސްޓަރުކަން ދީފިއެވެ.

ސިފައިންގެ ތެރެއިން ވަކި ގޮތަކަށް ފިކުރު ހުންނާތީކަމަށްބުނެ ވަޒީފާއިން ބައެއް މީހުން ވަކިކުރަމުން ގެންދާކަމަށް ބުނެ ނިއުސް މީޑިއާގައާއި ސޯޝަލް ޒިހާން ވަޒީފާއިން ވަކިކުރި މައްސަލައަށް ނިސްބަތްކޮށް މީޑިއާގައިދެކެވެމުންދިޔަ ވާހަތައް އެމްއެންޑީއެފްއިން އޭރު ދޮގުކޮށްފައިވެއެވެ.

އެމްއެންޑީއެފް އިން އެ ބަޔާނެއް ނެރުނީ ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރުގައި ހުރި ހަމައެކަނި ނޭވަލް އާކިޓެކްޓް ފަސްޓް ލެފްޓިނަންޓް ހަސަން ޒިހާން ވަޒީފާއިން ވަކި ކުރުމާއި ގުޅިގެން ބައެއް މީޑިއާތަކުގައި ގެނެސްދީފައިވާ ޚަބަރުތަކާއި ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

ސިފައިންގެ ވަޒީފާއިން ޒިހާން ވަކިކޮށްފައިވަނީ އެ ސަރުކާރަށް އޭނާ ތާއީދު ނުކުރާކަމަށް ތުހުމަތުކޮށްކަމަށް އޭރު މީޑިއާތަކުގައި ވާހަކަ ދައްކާފައިވެއެވެ. އެގެ އިތުރުން ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅުގައި, ފުލުހުން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ޒިހާންގެ ބޭބެ ދޫކޮށްލަން ގޮވާލާ "ފްރީ މައި ބްރޯ" މިހެން ފޭސްބުކްގައި ލިޔުންވެސް ވަޒީފާއިން ވަކިކުރި ސަބަބުތަކުގެ ތެރޭގައި ހިމެނޭކަމަށް ސޯޝަލް މީޑިއާގައި ވާހަކަ ދެއްކި ފަރާތްތަކުން އޭރި ބުނެފައިވެއެވެ.

އެހެންނަމަވެސް އެމްއެންޑީއެފްއިން އޭރު ބުނެފައިވަނީ ޒިހާން މަގާމުން ވަކިކޮށްފައިވަނީ ސިފައިންގެ ތެރޭގައި އޮންނަ މިލިޓަރީ ކޯޓުން މައްސަލަތައް ބެލުމަށްފަހު ފަސްޓް ލެފްޓިނަންޓްގެ މަގާމުން ލެފްޓިނަންޓަކަށް ޑިމޯޓު ކުރުމަށްފަހުގައި ކަމުގައެވެ.

އެމްއެންޑީއެފް އިން ނެރުނު ބަޔާނުގައި ބުނީ ސިފައިންގެ ޤާނޫނުގެ ދަށުން ހަދާފައިވާ "ސިފައިން ކުރާ ކުށްތަކަށް އިދާރީ އަދަބު ދިނުމާއިބެހޭ ޤަވާޢިދު" ގެ ދަށުން، އިންސާފުވެރިކަމާއި ޢަދުލުވެރިކަމާއެކު މައްސަލަތައް ބަލާ ފިޔަވަޅު އެޅުމަށްޓަކައި، ސިފައިންގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޢަސްކަރީ އަދުލުގެ ނިޒާމެއް 2021 ނޮވެމްބަރ 3 ވަނަ ދުވަހު ތަޢާރަފް ކުރެވިފައި ވާކަމަށެވެ.

މިނިޒާމް ތަޢާރަފް ކުރެވުމާއެކު ޢަސްކަރީ ފުލުހުންނަށް ހުށަހެޅޭ މައްސަލަތައް ބަލާ ތަޙްޤީޤްކޮށް ފޮނުވަމުންދަނީ މިލިޓަރީ ޖަސްޓިސް ކައުންސިލަށް ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. މިކައުންސިލުން މައްސަލަތައް ނިންމުމުގައި މައްސަލަ ރައްދުވާ ސިފައިންގެ މީހާއަށް ފުރިހަމައަށް ޖަވާބުދާރީވާނެ ފުރުޞަތާއި ބޭނުންވާނަމަ ޤާނޫނީ ވަކީލުންގެ އެހީތެރިކަންދީ ދިފާޢުވުމުގެ ފުރިހަމަ ފުރުސަތުވަނީ ފަހިކޮށްދީފައިވާކަަމަށް މިބަޔާނުގައި ވެއެވެ. އަދި މިލިޓަރީ ޖަސްޓިސް ކައުންސިލުން ނިންމާ ނިންމުންތައް، މިލިޓަރީ ޖަސްޓިސް އެޕީލް ކައުންސިލަށް އެޕީލްކުރުމުގެ ފުރުޞަތުވެސް މައްސަލަ ރައްދުވާ ފަރާތަށް ލިބިދޭ ކަމަށެވެ. މީގެ އިތުރުން އެންމެ ފަހު މަރުޙަލާއެއްގެ ގޮތުން މިލިޓަރީ ޖަސްޓިސް އެޕީލް ކައުންސިލުގެ ނިންމުން، މުރާޖަޢާކޮށްދިނުމަށް އެދި މިނިސްޓަރަށް ހުށަހެޅުމުގެ ފުރުޞަތުވެސް ލިބިގެންދާކަމަށްވެސް އެމްއެންޑީއެފްއިން ބުންޏެވެ.

މި ނިޒާމުގެ ތެރެއިން މައްސަލަތައް ތަޙްޤީޤްކުރާ ފަރާތްތަކާއި މައްސަލަ ނިންމާ ކައުންސިލްތަކަށް އެއްވެސް ފަރާތެއްގެ ނުފޫޒެއްނެތި މިނިވަންކަމާ އަދުލުވެރިކަމާއެކު ހެއްކާއި ޤަރީނާގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުމުގެ ފުރިހަމަ އިޚްތިޔާރުވަނީ ލިބިދީފައިވާކަމަށާއި، ވުމާއެކު، ޢަސްކަރީ އަދުލުގެ ނިޒާމް މިހާރު ހަމަޖެހިފައިވާގޮތުން ސިފައިންގެ މީހަކާމެދު މިނޫންގޮތަކަށް ފިޔަވަޅު އެޅުމުގެ އެއްވެސް ފުރުސަތެއް އެއްވެސް ފަރާތަކަށް ނުލިބޭކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ. އަދި މިނިޒާމުގެ ބޭރުން އެއްވެސް ސިފައިންގެ މީހަކާމެދު ފިޔަވަޅު އަޅަމުން ނުދާކަމަށާއި، އަދި އެފަދަ ގޮތަކަށް ޢަމަލުކުރުމަށް ސިފައިންގެ ލީޑަރޝިޕްގެ އެއްވެސް ބޭފުޅަކު އެއްވެސް އިރުޝާދެއް ދެއްވާފައި ނުވާކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ފ ފިދ
އިދިކޮޅު މުއްލާއިންނަށް ވަޒީފާދިނީމަ އޯކޭވާނެ
ސ ސާމީ
ފަސްއަހަރު މަގުމަތީގައި ތިބުމަކީ މަގާމު ހައްގުވާ ސަބަބެއް ނޫނެވެ.
H Hehe
hurihaa molheh hoadhany eyru maa Yaameenu vegen ulhunu adhurey...
ޓ ޓިނު އަދުރޭ
ތިޔައްވުރެ ހައްގުމީހުން އެބަތިބި ..... މިއީ ވަރައް ޒާތީ ސަރުކާރެއް މިޔަދު ދެރަވޭ މި ސަރުކާރު ގެންނަން ވޯޓުލެވުނީމަ ފަސްއަހަރު މަގުމަތީގަ ތިބިމީހުންގެ ހައްގު ކޮބާތޯ...؟