ފ.ދަރަނބޫދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އެމްޓީސީން ކުރަމުންދާ މަސައްކަތުގެ 32 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
އެމްޓީސީން ހާމަކޮށްފައިވާގޮތުގައި މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި، ބޮޑު ހިލަ ބޭނުންކޮށްގެން 410 މީޓަރ ބޭރުތޮށި ހެދުމާއި، 196 މީޓަރ އެއްގަމު ތޮށި ހެދުން ހިމެނެއެވެ. އަދި 10 މޫރިން ބުލޮކް ލުމާއި، 10 ބަނދަރު ބައްތި ހަރުކުރުމާއި، 2 ނެރުބައްތި ހަރުކުރުން ހިމެނެއެވެ.
އެމްޓީސީސީން މިއަދު އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު ދަރަނބޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 32 ޕަސެންޓް ނިމި، މިމަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކް އެތުރުމުގެ މަސައްކަތް މިމަހުގެ 10 ވަނަ ދުވަހު ފެށިފައިވާކަމަށެވެ.
ފ. ދަރަނބޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 32 ޕަސެންޓް ނިމިއްޖެ. މި މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކް އެތުރުމުގެ މަސައްކަތް ވަނީ 10 ޑިސެމްބަރ 2020 ވަނަ ދުވަހު ފެށިފައި. pic.twitter.com/pYvX7TAwwO
— MTCC Plc (@MTCCPlc) December 12, 2020
އެމްޓީސީން ހާމަކޮށްފައިވާގޮތުގައި ދަރަނބޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 25 ޕަސެންޓް މިހާރުވަނީ ނިމިފައެވެ. މި މަޝްރޫޢުގެ ތެރެއިން ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 81 ޕަސެންޓް ވަނީ ނިމިފައި. މި މަޝްރޫޢު މޮބިލައިޒް ކުރެވިފައިވަނީ 27 މެއި 2020 ގައެވެ.
ތިރީސް އަށް މިލިޔަން ދުއިސައްތަ ނުވަދިހަ ހަ ހާސް ހަސަތޭކަ ނުވަދިހަ ދެ ރުފިޔާ ޙަރަދުކޮށްގެން ކުރިއަށް ގެންދަ މި މަޝްރުުއގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޯށްފައިވަނީ 397 ދުވަހުގެ ތެރޭ ނިންމުމަށެވެ.
ކޮމެންޓު ފޮނުވާ