މާލޭ ސިޓީ ކައުންސިލުން ހުސްވި ގޮނޑިތަކަށް ކުރިމަތިލާން އެމްޑީޕީން ހުޅުވާލައިފި

މާލޭ ސިޓީ ކައުންސިލުން ހުސްވި ގޮނޑިތަކަށް ކުރިމަތިލާން އެމްޑީޕީން ހުޅުވާލައިފި

Author
އަހުމަދު
29 ނޮވެމްބަރ 2023 11:13
0

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމުގެ ގޮނޑި ހިމެނޭ ހެން އެ ކައުންސިލުން ހުސްވެފައިވާ ހަތަރު ގޮނޑިއަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

މާލޭ މޭޔަރު ކަމުގެ ގޮނޑި ހުސްވީ އެ މަގާމު އަދާ ކުރައްވަމުން ގެންދެވި ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމާ ގުޅިގެންނެވެ. މާލޭގެ މޭޔަރާ އެކުގައި އެ ކައުންސިލްގެ ޖުމްލަ ހަތަރު ގޮނޑިއެއް ވަނީ ހުސްވެފައެވެ.

އެއީ މެދުހެންވޭރު ދާއިރާގެ ކައުންސިލަރު އާދަމް ރަމީޒާއި މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ނާސިރާއި ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރު ފާތުމަތު ޝަމްނާޒް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެ ބޭފުޅުން އިސްތިއުފާ ދެއްވީ ސަރުކާރުގެ މަގާމުތަކަށް ވަޑައިގަތުމަށެވެ.

އެމްޑީޕީން ބުނީ މާލޭ ސިޓީ ކައުންސިލުން ހުސްވެފައިވާ އެ ގޮނޑިތަކަށް އެ ޕާޓީގެ ފަރާތުން ކުރިމަތިލުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން ފޯމް ހުށަހަޅަންޖެހޭ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން އަންނަ ޖެނުއަރީ މަހު 13 ގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިހާރު ވަނީ ނިންމައިފައެވެ.

މާލޭ މޭޔަރުކަމުގެ ގޮނޑިއަށް ވާދަކުރެއްވުމަށް މިހާތަނަށް ޝައުގުވެރިކަން ފައުޅުކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ކުރީގެ ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް އާއި ކުރީގެ ބަންޑާރަ ނާއިބު އާއިޝަތު އާޒިމާ ޝަކޫރު އާއި ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް ޙުސައިން ވަހީދާއި މާލެ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.