ޗައިނާގެ ލޯނުތަކާއި ހެދި ކޯވިޑަށް ފަހުގައިވެސް ރާއްޖެއަށް ހަމަ ނޭވާއެއް ލެވޭކަތް ނެތްކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އިއްޔެ ކުރެއްވި ޓްވީޓް އިންޑިޔާގެ ގިނަ ބަޔަކު ރިޓްވީޓްކޮށް، ޗައިނާއަށް ފާޑުކިޔައިފިއެވެ.
ރައީސް ނަޝީދު އިއްޔެ ކުރައްވާފައިވާ ޓްވީޓްގައި ވިދާޅުވީ ކުރިއަށް އޮތް 14 ދުވަސް ތެރޭ ރާއްޖޭގެ ޓްރެޝަރީން ޗައިނީޒް ބޭންކު ތަކަށް 15 މިލިޔަން ޑޮލަރު ދައްކަން ޖެހޭކަމަށެވެ. މިބޭން ތަކުން މިހާތަނަށް އެއްވެސް ލޯނަކަށް ލުޔެއް ދީފައި ނުވާއިރު، މިއީ ކުރިއަށް އޮތް 14 ދުވަހުގެ ރާއްޖެއަށް ވަންނަ އަމްދަނީގެ 50 އިންސައްތަ ކަމުގައި މަޖިލިސް ރައީސް ވިދާޅުވިއެވެ. މަޖިލިސް ރައީސް ވިދާޅުވި ޗައިނާގެ ލޯނުތަކާއި ހެދި ކޯވިޑަށް ފަހުގައިވެސް ރާއްޖެއަށް ހަމަ ނޭވާއެއް ލެވޭކަތް ނެތްކަމަށެވެ.
ރައީސް ނަޝީދު އިގިރޭސި ބަހުން ކޮށްފައިވާ މި ޓްވީޓް ރީޓްވީޓްކޮށް ކޮމެންޓް ކޮށްފައިވަނީ ގިނައިން އިންޑިޔާގެ މީހުންނެވެ. ކޮމެންޓް ކުރި އިންޑިޔާގެ ބައެއް މީހުން ބުނެފައިވަނީ ރާއްޖޭގެ ސިޔާސީ ލީޑަރަކު ޗައިނާއާއި ހެދި ސަލާމަތް ނުވެގެން އުޅޭކަމަށް ބުނުމަކީ މިސަރަހައްދުގެ ޤައުމުތަކުން ވަރަށް ވިސްނަން ޖެހޭ ކަމެއްކަމަށެވެ. އަދި ބައެއް މީހުން ވަނީ މިކަމުގައި އިންޑިޔާގެ ބޮޑުވަޒީރުގެ އެހީތެރިކަން ރާއްޖެއަށް ލިބިގެންދާނެކަމަށް ބުނެފައެވެ.
އިންޑިޔާގެ ގިނަބަޔަކު މި ޓްވީޓް، ރީޓްވީޓްކޮށް، ކޮށްފައިވަ މެސެޖުތަކުގައި ޗައިނާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ. އަދި ޗައިނާއަކީ މިސަރަހައްދުގެ އެކުވެރިކަން ނަގާލައި، ހަމަޖެހުން ގެއްލުވާލަން މަަސއްކަތް ކުރާ ޤައުމެއްކަމަށް ވަނީ ބުނެފައެވެ.

ޗައިނާގެ ދަރަންޏާއި ގުޅޭގޮތުން ރައީސް ނަޝީދު ދެއްކެވި ވާހަކަތަކަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރައްދު ދެއްވައި ދަރަނީގެ ތަފްސީލު ދެއްވުމުން ރައީސް ނަޝީދުވަނި ޖެއްސެވުނު ހިސާބު ރަނގަޅު ނޫންކަމަށްއެއްބަސްވެ، ދަރަނި އަދާކުރުމަށް ލުއިގޮތްތަކެއް ފަހިކޮށްދެއްވުމަށް ޗައިނާގެ ސަފީރުގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.
ކޮމެންޓު ފޮނުވާ