ކޯވިޑް ޖެހިގެން ކުޑަކުއްޖަކު އެޑްމިޓް ކޮށްފި

ކޯވިޑް ޖެހިގެން ކުޑަކުއްޖަކު އެޑްމިޓް ކޮށްފި

Author
ހުސެއިން
26 ނޮވެމްބަރ 2023 04:41
0

ކޯވިޑް ބަލީގައި މީހަކު ޕޮޒިޓިވް ނުވެ ގިނަ ދުވަސްތަކެއް ފާއިތުވެފައި ވަނިކޮށް، ކޯވިޑަށް ޕޮޒިޓިވް ވެގެން މިއަދު ކުޑަކުއްޖަކު އެޑްމިޓް ކޮށްފިއެވެ.

ކުޑަކުއްޖަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވާކަން ހާމަކޮށްފައިވަނީ މިއަދު އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލްއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކޯވިޑަށް ޕޮޒިޓިވް ވެފައިވަނީ 5 އަހަރުން ދަށުގެ ކުއްޖެކެވެ. ކުޑަކުއްޖަކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވް ވެފައި މިވަނީ މީހަކު މިބައްޔަށް ރާއްޖޭގައި ޕޮޒިޓިވް ނުވާތާ 4 ވަރަކަށް މަސްފަހުންނެވެ.

އައިޖީއެމްއެޗްގެ ކުޑަކުދިންނާބެހޭ ޑޮކްޓަރު ވިދާޅުވެފައިވަނީ ކުޑަކުއްޖާއަށް ކޯވިޑް ޖެހިފައިވަނީ ރާއްޖެއިން ބޭރުން އައި މީހެއްގެ ފަރާތުން ކަމުގައެވެ. ކުޑަކުއްޖާގެ އާއިލާގެ މީހަކުވެސް ކޯވިޑަށް ޕޮޒިޓިވް ވެފައިވާކަމަށްވެސް އޭނަ ވިދާޅުވެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.