ޕީޕީއެމް ސެނެޓް ބައްދަލުވުމެއް މާދަމާ ރޭ ބާއްވަނީ

ޕީޕީއެމް ސެނެޓް ބައްދަލުވުމެއް މާދަމާ ރޭ ބާއްވަނީ

Author
ހުސެއިން
24 ނޮވެމްބަރ 2023 06:17
0

ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ ޕީޕީއެމްއެގެ ސެނެޓް ބައްދަލުވުމެއް މާދަމާ ރޭ ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

މާދަމާ ރޭއް ބޭއްވުމަށް ހަމެޖެހިފައިވާ ޕީޕީއެމްގެ ސެނެޓް ބައްދަލުވުމަށް ސެނެޓަރުންނަށް މިހާރުވަނީ ނޯޓިސްވެސް ފިނުވާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބައްދަލުވުމުގައި އެޖެންޑާ ކޮށްފައިވަނީ ކުރިޔަށް އޮތް މަޖިލިސް އިންތިޚާބާ ގުޅޭގޮތުން މަޝްވަރާ ކުރުމެވެ.

ޕީޕީއެމްއިން ކުރިން ބުނެފައިވަނީ އެ ޕާޓީން އަންނަ މަޖިލިސް އިންތިޚާބަށް ކެނޑިޑޭޓުން ނެރޭނީ ޕީޕީއެމް/ޕީއެންސީ ގުޅިގެންނެވެ. އަދި ޕްރައިމަރޫ ބޭއްވުމަށް މަޝްވަރާ ކުރެވިފައިވަނީ އަންނަ ޖެނުއަރީމަހުގެ 20 ވަނަ ދުވަހު ބޭއްވުމަށެވެ.

ޕީޕީއެމްއިން އެ ޕާޓީގެ ސެނެޓްގެ ބައްދަލުވުމަށް ބޭވުމަށް ތައްޔާރުވަމުން ދާއިރު، އެޕާޓީ އުފެއްދި އެއް ބާނީކަމުގައިވާ ރައީސް ޔާމިން ވަނީ ޕާޓީ ދޫކުރައްވާފައެވެ. އަދި ޔާމިން މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ އާ ސިޔާސީ ޕާޓީއެއް ހެއްދެވުމަށެވެ.

ރައީސް ޔާމިން ޕީޕީއެމް ދޫކޮށްލެއްވީ އެ ޕާޓީ ހިންގަން އެމަނިކުފާނު ސްޓިއަރިން ކޮމިޓީއެއް ހަމަޖެއްސެވުމާއި ގުޅިގެން ޕާޓީގެ އެތެރެ ހޫނުވެ އެ މަސައްކަތުގައި އުޅުއްވި ބައެއް ފަރާތްތައް ޕާޓީ ކަނޑާލުމަށް ޕީޕީއެމްއިން ނިންމާފައި ވަނިކޮށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.