"އެނިމަލް" ގެ 60 ސިކުންތުގެ ވީޑިއޯ އެއް ބުރުޖް ޚަލީފާގައި އަޅުވައިފި

"އެނިމަލް" ގެ 60 ސިކުންތުގެ ވީޑިއޯ އެއް ބުރުޖް ޚަލީފާގައި އަޅުވައިފި

Author
ފާތިމަތު ނާވީ
21 ނޮވެމްބަރ 2023 08:54
0

ރަންބީރު ކަޕޫރުގެ ކުރިއަށް އޮތް ފިލްމް "އެނިމަލް" ގެ 60 ސިކުންތުގެ ވީޑިއޯ ކޮޅެއް ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމުގައިވާ ބްރިޖް ޙަލީފާގައި އަޅުވައިފި އެވެ.

ބަތަލާ އާލިއާ ބަޓްއާއި 2022 ވަނަ އަހަރުގެ އެޕްރިލް 14 ވުނަދުވަހުގައި ކައިވެނި ކުރި ފަހުން ރަންބީރު ބޮޑު ސްކްރީންއިން ފެނިގެންދާ ފުރަތަމަ ފިލްމް "އެނިމަލް" އަކީ ތަފާތު ފިލްމް އަކަށް ވާނެ ކަމަށް އަންނަނީ ބުނަމުނެވެ. އަދި މި ފިލްމްގައި ރަންބީރު ފެނިގެންދާނީ މީގެ ކުރިން ދުވަހަކުވެސް ނުފެންނަ ފަދަ ރޯލަކުން ކަމަށްވެއެވެ.

 

View this post on Instagram

 

A post shared by Pinkvilla (@pinkvilla)

 

މި ފިލްމަކީ "ކަބީރު ސިންގް" އާއި "އަރުޖުން ރެއްޑީ" ކަހަލަ ފިލްމުތައް ހެދި ސަންދީޕު ވެންގާ ރެއްޑީގެ ޑައިރެކްޝަނެކެވެ. ލީޑުން ރަންބީރު އާއި އެކައި ފެނިގެންދާނީ ސައުތުގެ މަޝްހޫރު ބަތަލާ ރަޝްމިކާ މަންދަނާއެވެ.

މީ ދެތަރިން އެކުގަިއ ފެނިގެންދާނެ ފުރަތަމަ ފިލްމްއެވެ. ފިލްމްގެ ކާސްޓުގައި އަނިލް ކަޕޫރާއި ބޮބީ ޑިއޯލްގެ އިތުރުން ޓްރިޕްތީ ދިމްރީ ވެސް ހިމެނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.