ފެން ކުންފުނި (އެމްޑަބްލިއުއެސްސީ)އިން ފަލަސްތީނުގެ ރައްޔިތުންނަށް ފަސްލައްކަ ރުފިޔާ ހަދިޔާ ކޮށްފިއެވެ.
އެމްޑަބްލިއުއެސްސީން ބުނެފައިވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީގެ ގޮތުގައި 500،000 ރުފިޔާ ހަދިޔާކުރުމަކީ އެ ކުންފުންޏަށް ލިބޭ ޝަރަފެއް ކަމަށާއި، މި ހަދިޔާއަކީ ފަލަސްޠީނުގެ ރައްޔިތުންނާއެކީ ތިބިކަމުގެ ރަމްޒެއްގެ ކަމުގައެވެ. އަދި އެމްޑަބްލިއުއެސްސީގެ މެނޭޖްމަންޓާއި މުވައްޒަފުން އަބަދުވެސް ދެމިތިބޭނީ ފަލަސްޠީނާ އެކުގައިކަމަށާއި، ފަލަސްތީނުގެ މިނިވަންކަމާއި ސުލްހައަށް ކުރަމުންދާ މަސައްކަތަށް ތާއިދުކުރުންމަތީ ކަމުގައެވެ.
We are honored to donate MVR 500,000 as aid for the people of Palestine in response to the urgent humanitarian needs at this time of crisis. This donation stands as a symbol of our unwavering solidarity with the people of Palestine. pic.twitter.com/JrcSTX9GBZ
— Male' Water and Sewerage Company Pvt. Ltd. (@MWSC_Official) November 15, 2023
ރާއްޖޭގެ އެކި ފަރާތްތަކުން ފާއިތުވި ދެމަހެއްހާ ދުވަހުގެ ތެރޭގައިވަނީ ފަލަސްތީނު ފަންޑަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައެވެ. އަދި މިފައިސާ ޖަމާކޮށް ބަލައިގަންނަ ފަރާތްތަކުން ފައިސާ ޚަރަދު ކުރާގޮތާއި އެހީ ފޯރުކޮށްދޭގޮތުގެ އޮޑިޓްތައް ހެދުމަށްފަހު އާންމުކުރުމަށްވެސް ބައެއް ފަރާތްތަކުން ވަނީ ގޮވާލާފައެވެ.
އިސްރައީލުން އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން ޢައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 11،000 އަށްވުރެ ގިނަ މީހުންވަނީ ޝަހީދު ވެފައެވެ.