ކޮރަޕްޝަން ހުއްޓުވުމަށް ޤާނޫނުލްޢުޤޫބާތަށް ދެ އިޞްލާޙެއް ހުށަހަޅައިފި

ކޮރަޕްޝަން ހުއްޓުވުމަށް ޤާނޫނުލްޢުޤޫބާތަށް ދެ އިޞްލާޙެއް ހުށަހަޅައިފި

Author
މުޙައްމަދު ޝަޒައިމް
11 ޑިސެމްބަރ 2020 03:02
0

ދައުލަލަތުގެ ތެރޭގައާއި އެނޫން ގޮތްގޮތަށް ހިންގަމުންދާ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް ޤާނޫނުލްޢުޤޫބާތަށް ދެ ކުށެއް އިތުރުކުރުމަށް 2 އިޞްލާޙެއް ހުށަހަޅާފައި ވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން، ކޮރަޕްޝަނާ ދެކޮޅަށް ރައްޔިތުން ހޭލުންތެރިކުރުމުގެ މަޤްޞަދުގައި ބޭއްވި ކޮނަފަރެންސް ނިންމުގެ ރަސްމިއޔާތުގައި ދެއްވި ވީޑިޔޯ މެސެޖުގައި ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމުގެ ގޮތުން، ޤާނޫނުލްޢުޤޫބާތަށް ދެ ކުށެއް އިތުރުކުރުމަށް މިހާރު ދެ އިޞްލާޙެއް ހުށަހަޅާފައި ވާކަމށެވެ. އެއީ ނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުން، ކުށެއްގެ ގޮތުގައި ކަނޑައެޅުމާއި، ދައުލަތުގެ މުދަލާއި ފައިސާއަށް ޚިނާޔަތްތެރިވުމަކީ، ކުށެއްކަން ކަނޑައެޅުމުގެ އިޞްލާޙް ކަމަށް ރައީސް ވިދާޅުވިއެވެ.

އަނެއްކަމަކީ، މާލިއްޔަތު ޤަވާޢިދުން ކޮރަޕްޝަނަށް ހުރި ހިރާސްތައް ކުޑަކުރުމަށްޓަކައި، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށާއި ޤަވާޢިދަށް، އަދި ޕްރޮކިއުމަންޓް ގައިޑްލައިންތަކަށް ބަދަލުގެނައުން. މިކަންކަން މިގޮތަށް ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ، އިޤްތިޞާދު އަލުން ކޮޅަށްޖަހަން މިކުރާ މަސައްކަތުގެ ތެރޭގައި، ދައުލަތުގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރުމުގެ ދޮރުތައް ބަންދުކުރުން.

– ރައީސް ޞާލިހު ވިދާޅުވިއެވެ.

ރައީސް ޞާލިހު ވިދާޅުވީ ޕްރޮކިއުމަންޓާ ގުޅޭ ސިޔާސަތުތަކާއި އުޞޫލުތައް ހަދައި، ޕްރޮކިއުމަންޓްގެ ކަންތައް ބެލެހެއްޓުމަށް، މި އަހަރުގެ ފެބުރުވަރީ 23 ވަނަ ދުވަހު އުފެއްދި ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުގެ މަސައްކަތްތައް ފެށިފައިވާކަމަށެވެ. ޤާނޫނުލް އުޤޫބާތަށް ސަރުކާރުން ހުށަހަޅާފައިވާ މި އިސްލާހުތަކާއި ގުޅޭގޮތުން މަޖިލީހުގައި ހިމެނޭ އިދިކޮޅު މެމްބަރުން ބުނެފައިވަނީ މި އިސްލާހުތަކުގެ އެންމެ ބޮޑު މަގުސަދަކީ ވަކި މީހަކަށް އަނިޔާކޮށް، ވަކި މީހަކަށް ގެއްލުންދީ މުދާ ދައުލަތަށް ނެގުން ކަމަށެވެ.

މިއީ ސަރުކާރުގެ އެއްވެސް އިޚުލާސްތެރިކަމެއް އިވެގެން ގެންނަ އިސްލާހު ތަކެއް ނޫންކަމަށާއި، ސަރުކާރުގެ ތެރެއިން ކޮރަޕްޝަންގެ މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރާތަން ރައްޔިތުންނަށް ދައްކައި، އަނެއްފަރާތުން ކުރަނީ މުޅިންވެސް ވައްކަން ކަމުގައި އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.