ރާއްޖޭގެ ބޯޑަރު ޖުލައި 15ގައި ހުޅުވާލުމާއެކު އެންމެ ފުރަތަމަ ރާއްޖެއަށް ދަތުރުފެށި ގަތަރު އެއާވޭސްގެ ދަތުރުތަކުގެ ޑިމާންޑްބޮޑުވެ އިއްޔޭން ފެށިގެން ދަތުރު އިތުރުކޮށްފި އެވެ.
ވެލާނާ އެއަރޕޯޓް ހިންގާ އެމްއޭސީއެލުން ބުނީ ރާއްޖެއަށް ގަތަރު އެއާވޭސް އިން ކުރަމުންދާ ދަތުރުތަށް އިއްޔޭން ފެށިގެން ދުވާލަކު 2 ދަތުރަށް އިތުރުކޮށްފައި ވާކަމަށެވެ. މީގެ އިތުރުން މި މަހުގެ 17 އިންފެށިގެން ދުވާލަކު 3 ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ގަތަރު އެއާވޭސް އިން ކުރާނެ ކަމަށްވެސް އެމްއޭސީއެލުން ބުނެއެވެ.
Now @qatarairways will have 2 flights daily starting from 10th Dec 2020 & 3 flights daily starting from 17th Dec 2020. Expecting a good number of passengers to @VelanaAirport in this season.#VisitMaldives pic.twitter.com/dVg341Qq4a
— Maldives Airports Company Ltd – MACL (@MACLmedia) December 10, 2020
ގަތަރު އެއާވޭސް އިން ރާއްޖެއަށް ބާއްވާ ދަތުރުތަކުގައި ބޭނުންކުރުރަނީ، ބޮއިންގް 300-777 މަރުކާގެ ދެ މަތިންދާ ބޯޓާއި، ބޮއިންގް 787 މަރުކާގެ 350 މީހުނަށްވުރެ ގިނައިން އުފުލޭ ބޮޑެތި ބޯޓުތަކެވެ.
ގަތަރު އެއާވެއިސް އިން ރާއްޖެއަށްކުރާ ދަތުރުތައް އިތުރުކޮށްފައި މިވަނީ ދާދި ފަހު އެ އެއާލައިނުން ރާއްޖެއަށް ހާއްސަ ޓްރެވެލް ބަބްލް އެއް ތައާރަފްކޮށް ޗުއްޓީގެ ޕެކޭޖްތަކެއް ވިއްކަން ފަށާފައެވެ. މި ޕެކޭޖުގެ ތެރެއިން މިމަހުގެ 24ގެ ކުރިން ބުކިންގ ހައްދައި، ޖެނުއަރީ 7ގެ ކުރިން ޗުއްޓީއަށް ދަތުރުކުރަން ޖެހޭނެއެވެ. އެ އެއަރ ލައިނުން ބުނީ، މި ޓްރެވެލް ބަބުލްގެ ތެރެއިން ރައްކާތެރި ކަމާއެކު ރާއްޖެ އައިސް ޗުއްޓީ ހޭދަ ކޮށްލުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި މި ޕެކޭޖުގެ ތެރެއިން ދަތުރު ކުރައްވާ ފަރާތްތައް އަނބުރާ ގައުމަށް ދިއުމަށްފަހު ކަރަންޓީނު ވާން ނުޖެހޭނެކަމަށްވެސް އެ އެއާލައިނުން ބުނެއެވެ.
އައު އެއަރ ލައިން ތަކުން ރާއްޖެއަށް ދަތުރު ފެށުމާއި، މިހާރުވެސް ދަތުރު ކުރާ އެއަރލައިން ތަކުން ދަތުރުތަށް އިތުރުކުރަމުން ގެންދަނީ ފިނިމޫސުމުގެ ޗުއްޓީއަށް ރާއްޖޭގައި ޗުއްޓީހޭދަކޮށްލަން ބޭނުންވާ ގިނަ ބަޔަކު މިދުވަސްވަރު ދަތުރުކުރަމުން ގެންދާތީ ކަން ފާހަކޮށްލެވެއެވެ. މީގެ އިތުރުން ރާއްޖޭގެ އަންނަ ފަތުރުވެން އިތުރުވުމުގެ އެންމެ ބޮޑުއެއް ސަބަބަކީ، މި ދަނޑިވަޅުގައި ޗުއްޓީހޭދަކޮށްލަން އެންމެ ރައްކާތެރި މާހައުލެއް އޮތް މަންޒިލަކީ ރާއްޖެ ކަމުގައި ވުމާއި، އެފަދަ މަންޒިލެއްގެ ގޮތުގައި ރާއްޖެ މިހާރު އިޝްތިހާރު ކުރުމަށް ކުރެވޭ މަސައްކަތެވެ.