4،0000 ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފި

4،0000 ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފި

Author
އަހުމަދު
04 ނޮވެމްބަރ 2023 04:01
0

ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން މިހާރު އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފިއެވެ.

ސަރުކާރުގެ ގެޒެޓްގައި ވަނީ 4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓް އާންމުކޮށްފައެވެ. ލިސްޓް އާންމު ކުރީ ދެ ކޮޓަރީގެ ފްލެޓާއި ތިން ކޮޓަރީގެ ފްލެޓު ލިބޭ މީހުން ވަކިންނެވެ.

ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ތިން ކޮޓަރީގެ ފްލެޓްގެ ދާއިމީ ލިސްޓްގައި ހިމެނޭ މީހުންގެ ތެރެއިން ފްލެޓް ލިބޭ މީހުންގެ ތެރޭގައި ހިމެނެނީ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުން ކަމަށެވެ. އަދި ދެ ކޮޓަރީގެ ފްލެޓުގެ ދާއިމީ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން ފްލެޓު ލިބޭ މީހުންގެ ތެރޭގައި ހިމެނެނީ 73 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުން ކަމަށް ވެސް ހައުސިން މިނިސްޓްރީގެ އިއުލާންގައިވެއެވެ.

މިނިސްޓްރީން ބުނި ގޮތުގައި 4،000 ފްލެޓުގެ ތެރެއިން ފްލެޓު ލިބުމަށް ހޮވިފައިވާ ފަރާތްތަކަށް އެ ފަރާތްތަކަށް ލިބޭ ފްލެޓު ކަނޑައެޅުމަށް ގުރުއަތުލުން ކުރިއަށް ގެންދާނެއެވެ. އެގޮތުން ގުރުއަތުލުމަށް ހާޒިރުވާނެ ދުވަހާއ ގަޑި ޕޯޓަލް މެދުވެރިކޮށް އަންގާނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.

އަދި 4000 ފުލެޓް ލިބޭ ފަރާތްތަކުގެ ތެރޭގައި ނުހިމެނޭ، ނަމަވެސް ޝަރުތުހަމަވާ ކަމަށް ދާއިމީ ލިސްޓްގައި ކަނޑައަޅާފައިވާ ފަރާތްތަކަށް، ސަރުކާރުންކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހައުސިންގ މަސްރޫއުތަކުގެ ތެރެއިން ފުލެޓެއް ދިނުމަށް ހަމަޖެހިފައިވާކަމުގެ ލިޔުން ޕޯޓަލް މެދުވެރިކޮށް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެއެވެ.

ދެމަފިރިން ވަކިން ހުށަހަޅައިގެން ފުލެޓް ލިބުމަށް ހޮވިފައިވާނަމަ ފުލެޓް ދިނުމަށް ހަމަޖެހިފައިވަނީ ދެމަފިރިންނަށް އެއް ފުލެޓެވެ. ނުވަތަ ފުލެޓް ދިނުމަށް ހަމަޖެހިފައިވަނީ ދެމަފިރިންގެ ތެރެއިން ކަނޑައަޅާ ފަރާތަކަށް އެއް ފްލެޓެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސަޒިން
ރާއްޖޭ ދިރިނޫޅޭތާ އެތަކެއް އަހަރެއްވީ މީހުނަށްވެސް ފްލެޓްދީފައެވެ. ހާދަ އިންސާފޭ ދޯއެވެ! މާލެ އަރާނުލާ އެއްޗެހިންނަށްވެސް. އިބޫ ކިނބޫ އެވެ.
ސ ސަޒިން
ރާއްޖޭ ދިރިނޫޅޭތާ އެތަކެއް އަހަރެއްވީ މީހުނަށްވެސް ފްލެޓް. ހާދަ އިންސާފޭ! މާލެ އަރާނުލާ އެއްޗެހިންނަށްވެސް. އިބޫ ކިނބޫ