ގަވައިދު އިސްލާހުކޮށް، ހުއްދައެއް ނެތި، އަމިއްލަ ބޭނުމަށް ރީ-ބްރޯޑްކާސްޓް ކުރެވޭ ގޮތް ހަދައިފި

ގަވައިދު އިސްލާހުކޮށް، ހުއްދައެއް ނެތި، އަމިއްލަ ބޭނުމަށް ރީ-ބްރޯޑްކާސްޓް ކުރެވޭ ގޮތް ހަދައިފި

Author
ހުސެއިން
04 ނޮވެމްބަރ 2023 03:42
0

އަމިއްލަ ފަރާތްތަކަށް، ބްރޯޑްކޮމްގެ ހުއްދަނެތި، ގޭބިސީތަކުގައިވެސް ރީ-ބްރޯޑްކާސްޓް ކުރެވޭގޮތަށް، -ބްރޯޑްކާސްޓް ކުރުމުގެ ގަވައިދު އިސްލާހު ކޮށްފިއެވެ.

މިގަވާއިދު އިސްލާހު ކުރުމުގެ ކުރިން، ބްރޯޑްކޮމް އިން ދޫކުރާ ހުއްދައެއް އޮވެގެން މެނުވީ ރީ-ބްރޯޑްކާސްޓު ކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނޯވެއެވެ.

ބްރޯޑްކޮމްއިން ރީ-ބްރޯޑްކާސްޓު ކުރުމުގެ ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ)އަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވަނީ، އަމިއްލަ ބޭނުމަށް ފިޔަވައި، ރާއްޖޭގެ އެއްވެސް ތަނެއްގައި ރީ-ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް ދެވޭނީ އެކަމަށް ގަވައިދުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކޮމިޝަނުން ދޫކުރާ "ރީ ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް" ލިބިފައިވާ ފަރާތްތަކަށް ކަމުގައެވެ.

ގަވާއިދުގައި "އަމިއްލަ ބޭނުން" ކަމަށް މާނަކޮށްފައިވަނީ ގޭބިސީއެއްގައި މިފަދަ ހިދުމަތެއް ބޭނުންކުރުން ކަމުގައެވެ.

ބްރޯޑްކާސްޓު ކުރުމުގެ ގަވާއިދަށް ގެނެސްފައިވާ އިސްލާހުތަކުގެ ތެރޭގައި، ލައިސަންސަށް އެދޭ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުރުތަކަށްވެސް ވަނީ ޝަރުތެއް އިތުރުކޮށްފައެވެ. މިގޮތުން ގަވާއިދުގެ 8 ވަނަ މާއްދާގެ (ހ)ގެ 6 ވަނަ ނަމްބަރުގގެ ގޮތުގައި އިތުރުކޮށްފައިވާ ޝަރުތުގައި ބުނެފައިވަނީ ލައިސަންސަށް އެދި ހުށަހަޅާ ފަރާތަކީ ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް ދޭ ކުންފުންޏެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއަކަށް ވެގެން ނުވާނެ ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.