އިޤްތިޞާދު ހިންގަން ކުރީސަފުގައި ތިބި މީހުން ރޯގާ ހަންމަތަ ލިސްޓުުގެ ކުރިއަށް ލާންޖެހޭ: ޑރ.މައުސޫމް

އިޤްތިޞާދު ހިންގަން ކުރީސަފުގައި ތިބި މީހުން ރޯގާ ހަންމަތަ ލިސްޓުުގެ ކުރިއަށް ލާންޖެހޭ: ޑރ.މައުސޫމް

Author
މުޙައްމަދު ޝަޒައިމް
10 ޑިސެމްބަރ 2020 09:30
0

އިޤްތިޞާދު ހިންގަން ކުރީސަފުގައި ތިބި މީހުން ކޯވިޑް-19 ގެ ރޯގާ ހަންމަތަ ލިސްޓުުގެ ކުރިއަށް ލާންޖެހޭ ކަމުގައި ޓުވަރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖޭގައި ކޯވިޑް-19ގެ ވެކްސިން ޖަހަން ފަށާނެކަމަށް ޤައުމީ ވެކްސިން ޕްރޮގްރާމުގެ ހެޑް، ޑރ.ފާތިމަތު ނަޒްލާ ރަފީޤް ވަނީ ވިދާޅުވެފައެވެ. ރާއްޖޭގައި ފުރަތަމަ ވެކްސިން ޖަހަން ފަށާއިރު އާބާދީގެ 3 އިންސައްތައަށް ވެކްސިން ޖަހާނެކަމަށާއި، މި ބައިގައި އެންމެ އިސްކަންދޭނީ ފުރަންޓްލައިންގައި ހަރަކާތްތެރިވާ ޚިދުމަތްތެރިންނާއި ސިއްޚީ ގޮތުން އެންމެ ނާޒުކުރު ހާލަތުގައި ތިބި މީހުންނަށްކަމަށް ޑރ، ނަޒްލާ ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިޞާދުގެ މައިލޭނާރު ކަމުގައި ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީރު ވިދާޅުވީ ވެކްސިން ދޭ ލިސްޓުގެ އެންމެ ކުރީ ސަފުން އިޤްތިޞާދު ހިންގަން ކުރީސަފުގައި ތިއްބެވި ބޭފުޅުންނަށް އިސްކަން ދޭންޖެހޭކަމަށެވެ.

ޤައުމީ ވެކްސިން ޕްރޮގްރާމްގެ މެންބަރު ޑރ.ނަޒްލާ މުސްތަފާ ވިދާޅުވީ ވެކްސިން ދިނުމުގެ މަސައްކަތް ކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ މީހުންގެ ފުރާނަ ސަލާމަތްކުރުން ކަމަށްވުމުން އެކަމުގައި އިސްކަންދޭނެ ވަކި ތަރުތީބެއްވެސް ކަނޑައަޅާފައިވާކަމަށެވެ. އެގޮތުން ކޯވިކްސް ފެސިލިޓީގެ ދަށުން އާބާދީގެ 20 އިންސައްތައަށް ހިލޭ ލިބޭ ވެކްސިންގެ ތެރެއިން 3 އިންސައްތަ ޚާއްޞަކޮށްފައިވާނީ ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ކުރީސަފުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ކަމަށެވެ. އަދި 17 އިންސައްތަ ޚާއްޞަކުރާނީ އުމުރުން 50 އަހަރުން މަތީގެ މީހުންގެ ތެރެއިން ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ކަމަށެވެ.

އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެއަށް ވެކްސިން ލިބޭނެކަމަށް ސަރުކާރުން ލަފާކޮށްފައިވާއިރު މިކަމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ސަރުކާރުން ދަނީ ވަމުންނެވެ. އެގޮތުން ޤައުމީ ފެންވަރުގެ ސްޓިއަރިން ކޮމިޓީއެއް އެކުލަވާލައި ވެކްސިން ރައްކާކުރާނެ ގޮތާއި ވެކްސިން ދޭނެ ގޮތް ރާވާ އިންތިޒާމް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.