ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިއާގެ އެވޯޑް (ބެލެންޑިއޯ) ލިއޮނަލް މެސީ ކާމިޔާބުކޮއްފިއެވެ.
މީ އާޖެންޓީނާގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއާ ލިއޮނަލް މެސީ ކާމިޔާބުކުރި 8 ވަން ބެލެންޑިއޯއެވެ. އޭނާ އަށް މިއިނާމް ހަވާލުކޮށްދިނީ ފްރާންސްގެ ވެރިރަށް ޕެރިހުގައި ބޭއްވި ބެލޮންޑީއޯ އެވޯޑް ހަފުލާގައި ދުނިޔޭގެ އެންމެ މޮޅު ޓެނިސް ކުޅުންތެރިޔާ ސާބިއާގެ ނޮވަކް ޖޮކޮވިޗެވެ.
މިދިޔަ ސީޒަނުގައި ކުޅުނު 55 މެޗުން މެސީ ވަނީ 32 ލަނޑާއި 25 އެސިސްޓް ކާމިޔާބުކޮއްފައެވެ. ހަމައެއާއެކު މެސީ މިދިޔަ ސީޒަނުގައި ހޯދާފައިވާ ބައެއް ކާމިޔާބީތަކަށް ބަލާލާއިރު، ދުނިޔޭގެ ހުރިހާ ކުޅުންތެރިން ލޯ އަޅަމުން އަންނަ ފީފާ ވޯލްޑް ކަޕް މެސީ ވަނީ ކާމިޔާބުކޮއްފައެވެ. މެސީ ވޯލްޑްކަޕްގައި 7 ލަނޑާއި 3 އެސިސްޓް ކާމިޔާބުކޮއްފަވެއެވެ. ހަމަ އެއާއެކު ފީފާ ވޯލްޑް ކަޕް ގޯލްޑެން ބޯލްގެ އެވޯޑް ވެސް މެސީ ކާމިޔާބުކޮއްފައިވެއެވެ. މީ މެސީ ގޯލްޑެން ބޯލްގެ އެވޯޑް ހޯދި ދެވަނަ ފަހަރެވެ. މެސީ ވަނީ ފްރާންސްގެ ކްލަބް ޕީއެސްޖީއަށް ލީގް1 ކާމިޔާބުކޮއްދީ، މިހާރު ކުޅެމުން އަންނަ އިންޓާ މިއާމީއަށް ލީގްސް ކަޕް ކާމިޔާބުކޮއްދީފައެވެ.
އޭނާ ވަނީ 2009، 2010، 2011، 2012، 2015، 2019، 2021 އަދި 2023 ގައި ބެލޮންޑިއޯ ހާސިލްކޮށްފަ އެވެ. އޭނާ އަކީ އެންމެ ގިނަ ފަހަރު ބެލޮންޑިއޯ ހާސިލްކުރި ކުޅުންތެރިޔާއެވެ. މެސީ އަށް ފަހު ދެން އެންމެ ގިނައިން މި އެވޯޑު ހާސިލްކޮށްފައި ވަނީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާާލްޑޯއެވެ. އެއީ ފަސް ފަހަރުއެވެ.
މިއަހަރުގެ ބެލޮންޑިއޯ އެވޯޑު މެސީ ހާސިލްކުރީ ސްޕެއިންގެ ރޮޑްރީ، ބެލްޖިއަމްގެ ކެވިން ޑި ބްރޭނާ، ނޯވޭގެ އާލިން ހާލަންޑް، އަދި ފްރާންސްގެ ކީލިއަން އެމްބާޕޭއާ ވާދަކޮށެވެ. މެސީ ވަނީ މިދިޔަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕް އާޖެންޓީނާ އާއެކު ކާމިޔާބުކޮށްފައެވެ. އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މެސީ އެވެ. ފީފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ވެސް މެސީއެވެ. ކުރީގެ ކުލަބު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާއެކު މިދިޔަ ސީޒަނުގައި މެސީ ވަނީ ފްރާންސް ލީގު ވެސް ކާމިޔާބުކޮށްފައެވެ.
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް (ބެލެންޑިއޯ) އެންމެ ގިނައިން ހޯދާފައިވާ ކުޅުންތެރިއަކީ ވެސް މެސީއެވެ. އެއީ މުޅި ޖުމްލަ 8 ފަހަރެވެ. މެސީ އަށް ފަހު އެންމެ ގިނައިން މި އެވޯޑް ކާމިޔާބުކޮއްފައިވަނީ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ރޮނާލްޑޯ ވަނީ ބެލެންޑިއޯ 5 ފަހަރު މަތިން ކާމިޔާބުކޮއްފައެވެ.