ކޯވިޑް ވެކްސިނާގުޅޭ ޚާއްޞަ ޕްރެސްއެއް މިއަދު 1 ޖަހާއިރު

ކޯވިޑް ވެކްސިނާގުޅޭ ޚާއްޞަ ޕްރެސްއެއް މިއަދު 1 ޖަހާއިރު

Author
މުޙައްމަދު ޝަޒައިމް
10 ޑިސެމްބަރ 2020 11:58
0

ކޯވިޑް-19ގެ ވެކްސިނާއި ގުޅޭ ޚާއްޞާ ޕްރެސްކޮންފަރެންސްއެއް މިއަދު ބާއްވަން ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ނިންމައިފިއެވެ.

މި ޕްރެސްކޮންފަރެންސް އޮންނާނީ މިއަދު މެންދުރުފަހު 13:00 ގައެވެ. އެޗްއީއޯސީން ބުނީ މިއަދުގެ ޕްރެސްކޮންފަރެންސް އަކީ ކޯވިޑް-19ގެ ވެކްސިނާއި ގުޅޭ ޚާއްޞާ ޕްރެސްކޮންފަރެންސްއެއްކަމަށާއި، މި ޕްރެސްކޮންފަރެންސް ދެއްވާނީ އެސެންޓަރުގެ ތަރުޖަމާން ޑރ.ފާތިމަތު ނަޒްލާ ރަފީޤްގެ އިތުރުން ޑރ.ނަޒްލާ މުސްތަފާ ކަމަށެވެ. ޢާންމު ގޮތެއްގައި އެޗްއީއޯސީގެ ޕްރެސްކޮންފަރެންސްތައް ބާއްވަނީ ރޭގަނޑުއެވެ. ނަމަވެސް ބައެއް ޚާއްޞާ ޕްރެސްކޮންފަރެންސްތައް ދުވާލު ބާއްވަމުން ގެންދެއެވެ.

ކޯވިޑް-19ގެ ވެކްސިން އީޖާދުކުރުމަށް މަސައްކަތްކުރަމުން އަންނައިރު ބައެއް ވެކްސިންތައް ކާމިޔާބުވެ ވެކްސިން ދޭން ވަނީ ފަށާފައެވެ. ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ އެއްވެސް ރައްޔިތަކު ބާކީ ނުކޮށް އަދި ދިވެހި ރާއްޖޭގައި ދިރިއުޅޭ ހުރިހާ މީހުންނަށް ހިލޭ ކޯވިޑް-19ގެ ވެކްސިން ދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހްވެސް ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.