ހދ. ކުޅުދުއްފުށީ އެއާޕޯޓުގައި އެއްޗެއް ގޮވައި، ހާލު ސީރިއަސްވި މީހާ އިންޑިއާ އަށް ގެންދެވޭތޯ ބަލަން ފަށައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ކުޅުދުއްފުށީ އެއާޕޯޓުގެ ފަޔަ ޓްރެއިނިންގައި ބޭނުންކުރާ ސިލިންޑަރެއް ރީފިލް ކުރުމުގެ ތެރޭގައި ގޮވައި ހިނގި ހާދިސާގައި ހަތަރު މީހަކަށް އަނިޔާ ލިބިފައިވެއެވެ. އޭގެ ތެރެއިން އަތަށް ސީރިއަސް އަނިޔާއެއް ލިބުނު މީހާ ވަނީ މާލެ ގެނެސްފައެވެ.
ބޮޑަށް އަނިޔާވި މީހާއަކީ އެއާޕޯޓްގައި މަސައްކަތް ކުރާ 37 އަހަރުގެ ފަޔާ ފައިޓަރެކެވެ.
އެމީހާ މާލެ ގެނައީ އެމްއެންޑީއެފްގެ ޑޯނިއާ މަތިންދާ ބޯޓުގައި ރޭގެ ވަގުތެއްގައެވެ.
އެ މީހާގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނީ އިތުރު ފަރުވާ އަށް އިންޑިއާ އަށް ގެންދިއުމުގެ އިންތިޒާމުތައް ހަމަޖައްސަމުން އަންނަ ކަމަށެވެ. އަދި މާދަމާގެ ވަގުތެއްގައި އިންޑިއާ އަށް ގެންދެވޭ ވަރުވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އާއިލާ އިން ވަނީ ބުނެފައެވެ.