އެތައް އަހަރެއްވަންދެން އަމިއްލައަށް އަރުވާލެވިގެން ހުންނެވުމަށްފަހު ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް މިއަދު އެބުރި ގައުމަށް ވަޑައިގެންނެވުމަށް ހަމަޖައްސަވައިފިއެވެ.
ނަވާޒް ޝަރީފް އެނބުރި ގައުމަށް ވަޑައިގަންވަނީ ޕާކިސްތާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިހާބާ ދިމާކޮށެވެ. ނަވާޒް ޝަރީފްގެ ދިގު ކެރިއަރުގެ މިހާ ގިނަ ދުވަސްތަކެއް ވަންދެން ޕާކިސްތާންގެ ބާރުގަދަ އަސްކަރިއްޔާއާއި ދެކޮޅަށް، ކަނޑިއެއްގެ ގޮތުގައި ހުރި މީހަކަށް އެނބުރި ގައުމަށް އާދެވިފައިވަނީ، ވަރަށް މަދު މީހަކަށެވެ.
އެންމެ ފަހުން ޕާކިސްތާނުގައި ނަވާޒް ޝަރީފް ހުންނެވީ ކޮރަޕްޝަންގެ ތުހުމަތުގައި ޖަލުގައެވެ. ނަމަވެސް ސިއްހީ ސަބަބުތަކަށްޓަކައި ޖަލުން ނުކުމެވަޑައިގަތުމުގެ ހުއްދަ ދީފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.
ޕާކިސްތާންގެ އަސްކަރިއްޔާއިން، ބަޣާވާތަކުން ވެރިކަން ވައްޓާލި މީހާއަށް މަރުހަބާ ކިޔަން އެގައުމުގެ އަސްކަރިއްޔާ މިހާރު އޮތީ ތައްޔާރަށް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ނަވާޒް ޝަރީފް އެނބުރި ގައުމަށް ވަޑައިގަންނަވާއިރު، 2018 ވަނަ އަހަރު ބޮޑުވަޒީރުކަމުގެ މަގާމަށް ވަޑައިގެންނެވި އޭނާގެ ވާދަވެރިޔާ އިމްރާން ޚާން މިހާރު ހުންނެވީ ކޮރަޕްޝަންގެ ކުށް ސާބިތުވެ ޖަލުގައެވެ. އަދި ޕާކިސްތާންގެ ބޮޑުވަޒީރުކަމުގައި ހުންނެވީ ނަވާޒް ޝަރީފްގެ ކޮއްކޮއެވެ.
ތިން ފަހަރެއްގެ މަތިން ޕާކިސްތާންގެ ބޮޑުވަޒީރުކަން ކުރެއްވި ނަވާޒް ޝަރީފް ކަފާލާތުގެ ދަށުން ޖަލުން ދޫކޮށްލުމުން އެއަރ އެމްބިއުލާންސެއްގައި އޭނާ ގައުމު ދޫކޮށް ވަޑައިގެންނެވީ ބޭސް ފަރުވާއަށެވެ. އެއަށްފަހު ފާއިތުވި 4 އަހަރު އޭނާ ދިރިއުޅުއްވާފައިވަނީ އިނގިރޭސިވިލާތުގެ ލަންޑަންގައެވެ.
ކޮމެންޓު ފޮނުވާ