ހަމާސްއިން ރަހީނު ކޮށްފައިވާ ހޮސްޓެޖުން މިނިވަން ކުރުމަށް ރަޝިއާއިން ހަމާސްއާއި މަޝްވަރާ ކުރަނީ

ހަމާސްއިން ރަހީނު ކޮށްފައިވާ ހޮސްޓެޖުން މިނިވަން ކުރުމަށް ރަޝިއާއިން ހަމާސްއާއި މަޝްވަރާ ކުރަނީ

Author
ހުސެއިން
20 އޮކްޓޯބަރ 2023 06:20
0

ހަމާސްއިން އިސްރާއީލަށް ދިން ޙަމަލާތަކުގައި ފަލަސްޠީނުގެ ހަނގުރާމަވެރި ޖަމާޢަތުން އަތުލައިގަނެ، މިހާރު ޣައްޒާގައި ބަންދުކޮށްފައިވާ މީހުން މިނިވަންކުރުމަށް ރަޝިޔާއިން ހަމާސްއާ ގުޅަމުންދާކަމަށް ރަޝިޔާއިން އިސްރާއީލަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވިދާޅުވިއެވެ.

އިޒްރޭލުގެ މަންދޫބު އެނަޓޮލީ ވިކްޓޮރޯވްއާ ހަވާލާދީ އިޒްވެސްޓިއާ ނޫހުން ބުނެފައި ވަނީ ހަމާސްގެ މަންދޫބުންނާއެކު ގުޅުން ބަދަހިކޮށްފައިވާ ކަމަށާއި، އެންމެ ފުރަތަމަ މަގުސަދަކީ އިސްރާއީލުގެ އާންމުންނަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ ފުރަތަމަ ދުވަހު ހަމާސްގެ ހަނގުރާމަވެރިން އަތުލައިގަތް މީހުން މިހާރު ތިބި ތަންތަނުން ސަލާމަތް ކުރުން ކަމަށެވެ.

ހަމާސް ހަމާއަތުން މިމަހުގެ 7 ވަނަ ދުވަހު އިސްރާއީލަށް ދިނަ ކުއްލި ހަމަލާއަށްފަހު 200 އެއްހާ މީހުން ވަނީ ރަހީނު ކޮށްފައެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުންވެސް ހިމެނޭކަމަށް ހުޅަނގުގެ ގައުމުތަކުން ބުނެފައި ވެއެވެ.

ހަމާސް ޖަމާއަތުން ބުނެފައިވަނީ އިސްރާއީލުން ޣައްޒާއައް ދެމުންދާ އުދުވާނީ ހަމަލާތަކުގައި، ރަހީނު ކޮށްފައިތިބި ބައެއް މީހުން މަރުވެފައިވާ ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.