ބެލްޓު އެންޑް ރޯޑު މަޝްރޫޢުއަށް އިތުރުކުރާ ފަންޑުން ރާއްޖެއަށް ފައިދާކުރާނެ: ސަފީރު

ބެލްޓު އެންޑް ރޯޑު މަޝްރޫޢުއަށް އިތުރުކުރާ ފަންޑުން ރާއްޖެއަށް ފައިދާކުރާނެ: ސަފީރު

Author
އައިޝަތު އަޙްމަދު
18 އޮކްޓޯބަރ 2023 01:09
0

ޗައިނާއިން ފަށާފައިވާ ބެލްޓު އެންޑް ރޯޑު މަޝްރޫއު ހިންގުމަށް 100 ބިލިއަނެއްހައި އެމެރިކާ ޑޮލަރުގެ ފަންޑެއް އިތުރު ހަމަޖެއްސުމުން ރާއްޖެއަށް ފައިދާވާނެކަމަށް ޗައިނައިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ވަންގް ލިޒިން ވިދާޅުވެއްޖެއެވެ.

ބެލްޓް އެންޑް ރޯޑް ފޯރަމްގެ ތިން ވަނަ ބައްދަލުވުން ޗައިނާގެ ވެރިރަށް ބެއިޖިންގައި އިއްޔެ ވަނީ ފަށާފައެވެ. ބިޔަ އަމާޒެއްގެ ދަށުން މީގެ 10 އަހަރު ކުރިން ފެށި މަޝްރޫއުގައި 150 އެއްހާ ގައުމުގައި އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ވަނީ ހިންގައިފައެވެ.

ޗައިނާ ބެލްތު އެންޑް ރޯޑު މަޝްރޫޢުގެދަށުން 3 ޓުރިލިއަނެއްހައި ޑޮލަރުގެ އެ އިނިޝިއޭޓިވްގެ ދަށުން ހިންގަމުންދާ އެ އިނިޝިއޭޓިވްއަށް އިތުރު 80 ބިލިއަން ޔުއާން ނުވަތަ 100 ބިލިއަނެއްހައި ޑޮލަރުގެ ފަންޑު އިތުރުކުރައްވާނެކަން، ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ އިޢުލާންކުރައްވާފައެވެ. މި މަޝްރޫޢުގައި އެއަރޕޯޓްތަކާއި ބްރިޖުތައް ފަދަ މަޝްރޫޢުތައް ހިންގުމަށް ކަނޑައަޅާފައިވެއެވެ.

އަލަށް އިތުރުކުރާ ފަންޑާއެކު ޗައިނާ ޑިވެލޮޕްމެންޓު ބޭންކާއި ޗައިނާ އެގްޒިމް ބޭންކުން އިތުރު 100 ބިލިއަން ޑޮލަރުގެ ލޯނު އެކި ޤައުމުތަކަށް ދޭން ނިންމާފައިވެއެވެ.

ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްއިން ލޯނު ދިނުމަށް އިތުރު ފައިސާ ޗައިނާއިން ޚާއްޞަކުރުމަކީ އެކަމުިގެ ފައިދާ ރާއްޖެއަށް ކުރާނެކަމެއްކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ވަންގް ލީޒިން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ތަރައްގީގެ މުސްތަގުބަލުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ފުޅާ ތަސައްވަރުގެ ދަށުން ފަށާފައިވާ ބެލްޓު އެންޑް ރޯޑު މަޝްރޫއުއަށް މުހިންމު ދައުރެއް އަދާ ކުރެވޭނެ ކަމަށް ގަބޫލުކުރައްވާކަމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ޗައިނާގެ ޒިންހުއާ ނޫހަށް ދެއްވި އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ ޗައިނާގެ ބެލްޓު އެންޑް ރޯޑު އިނީޝިއަޓިވް (ބީއާރުއައި) ގެ ދަށުން ގާއިމުކުރި މާލެ-ހުޅުމާލެ ބްރިޖަކީ ރާއްޖޭގެ ތާރީހުގައި ހިންގުނު އެންމެ ބޮޑު އެއް މަޝްރޫޢުކަމަށް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.