"އާރިއާ" ޕްރިމިއާ ކުރާނީ ނޮވެމްބަރު ގައި

"އާރިއާ" ޕްރިމިއާ ކުރާނީ ނޮވެމްބަރު ގައި

Author
ފާތިމަތު ނާވީ
11 އޮކްޓޯބަރ 2023 08:08
0

ކުރީގެ ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސުޝްމީތާ ސެން ގެ ކާމިޔާބު ވެބް ސީރީޒް "އާރިއާ" ގެ ތިން ވަނަ ސީޒަންގެ ޓީޒާ ޓްރެއިލާ ދައްކާލައި، އަންނަ މަހު މި ބެލުންތެރިންނަށް ދޫކޮށްލާނެކަން އިއުކާންކޮށްފި އެެވެ.

މި ވެބް ސީރީޒް އަކީ ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދައިފައިވާ ވެބް ސީރީޒްއެކެވެ. ކުރީގެ ދެ ސީޒަނާ އެއްގޮތަށް އާ ސީޒަންގައި ވެސް އާއިލާގެ ހިމާޔަތާއި ރައްކާތެރި ކަމަށް ސުޝްމިތާ ދައްކާ ހިތްވަރާއި ގުރުބާނީ މި ކްރައިމް ތުރިލާ އިން ޑްރާމާ އިން ފެނިގެން ދާނެ އެވެ.

 

View this post on Instagram

 

A post shared by Disney+ Hotstar (@disneyplushotstar)

ޑިޒްނީ ޕްލަސް ހޮޓްސްޓާއިން ސްޓްރީމްކުރާ "އާރިއާ"ގެ ދެވަނަ ސީޒަން ވަނީ އެމީ އެވޯޑަށް ވެސް ނޮމިނޭޓުވެފަ އެވެ. ސުޝްމީތާ ޓައިޓްލް ރޯލް ކުޅޭ "އާރިއާ" އަކީ 2016 ގައި "ނީރްޖާ" ޑައިރެކްޓްކުރި ރާމް މަދުވާނީ ގެނެސްދޭ ސީރީޒެކެވެ.

މީގެ ފުރަތަމަ ސީޒަން ގައި ޖުުމްލަ 9 އެޕިސޯޑް ގެނެސްދިނެވެ. އަދި ޖެހިގެން އައި 2021 ގައި މިގެ ދެވަނަ ސީޒަން އެއް ދެއްކި އިރުގައި ޖުމްލަ 8 އެޕިސޯޑް ގެނެސްދިނުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.