"ބަޅިނދު" ގެ ޝޫޓިން ނިންމާލައިފި

"ބަޅިނދު" ގެ ޝޫޓިން ނިންމާލައިފި

ޑާކްރެއިން އެންޓަޓައިންމެންޓް އިން ގެނެސްދޭ ފިލްމް "ބަޅިނދު" ގެ ޝޫޓިން ނިންމާލައިފި އެވެ.

ޑާކްރެއިން އެންޓަޓައިންމެންޓް އިން ގެނެސްދޭ މި ފިލްމަކީ އަހުމަދު ޝިނާނު ޑައިރެކްޓްކޮށް ގެނެސްދޭ ބިރުވެރި ފިލްމެކެވެ. މަޝްހޫރު ޑައިރެކްޓަރު ފާތުމަތު ނަހުލާއާ ގުޅިގެން 2016 ގެ ބިރުވެރި ފިލްމު "4426″ އިން ޑައިރެކްޝަނަށް ނުކުތް ޝިނާންގެ ފުރަތަމަ ސޯލޯ ޑައިރެކްޝަނަކީ ޑާކް ރެއިންގެ 2019 ގެ ކްރައިމް ތުރިލާ "ގޮށްރާޅު" އެވެ.

ބަޅިނދު ކާސްޓުގައި ހިމެނެނީ  އާޝާ، ޖުމައިހު، ހުނޫ، ދޮން އައްޔަ، ނުޒުހަތު ޝުއައިބު، އައިޝާ، ޝަރަފް އަދި މަޖޫ އެވެ. މީގެ ކުރިން "ބަޅިނދު"ގެ ޓީޒާ އެއް ސޯޝަލް މީޑިއާއަށް ދޫކޮށްލިއިރު އެ ޓީޒާ ވަރަށް ތަފާތެވެ.

"ބަޅިނދު" މި އަންނަ އަހަރު ބެލުންތެރިންނަށް ގެނެސްދޭން ނިންމި އިރު، މި ފިލްމަކީ 2019 ގެ ފަހުކޮޅު މަސައްކަތް ފެށި ފިލްމެކެވެ. ނަމަވެސް ފިލްމް ކޮވިޑް-19 ގެ ސަބަބުން ވަނީ ލަސްވެގެން ގޮސްފައިއެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *