ކޯވިޑް-19: އިތުރު 26 މީހަކު ޕޮޒިޓިވްވެއްޖެ

ކޯވިޑް-19: އިތުރު 26 މީހަކު ޕޮޒިޓިވްވެއްޖެ

Author
މުޙައްމަދު ޝަޒައިމް
09 ޑިސެމްބަރ 2020 09:58
0

ރާއްޖެއިން ކޯވިޑް-19އަށް އިތުރު 26 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭއިން މިރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެ 18:00 އިން ފެށިގެން މިއަދު 18:00 އާ ހަމައަށް ޕޮޒިޓީވްވި 26 މީހުންގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 23 މީހުންނާއި، އަތޮޅުުތަކުގެ ރަށްތަކުން ޕޮޒިޓިވްވެފައިވަނީ 3 މީހަކެވެ.

މިއާއެކު ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 13،274 އަށް އަރާފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވެފައިވަނީ 104 މީހެކެވެ. އެހެންކަމުން މިހާރު ރާއްޖެއިން މިބަލިން 12،591 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ކޯވިޑަށް ޕޮޒިޓިވްވެ 629 މީހަކަށް ފަރުވާދެމުން އަންނައިރު އޭގެތެރެއިން 68 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޮޓަލިގައި އެޑްމިޓްކޮށްގެންނެވެ.

ކޯވިޑަށް ޓެސްޓްކުރުމަށް ފާއިތުވި 24 ގަޑިއިރު ނެގި 1،728 ސާމްޕަލާއެކު ޖުމްލަ 261،047 ސާމްޕަލެއް ނަގާފައިވެއެވެ. މިހާތަނަށް 47 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.