އިންތިގާލީ ކޮމިޓީތަކަށް ބޭނުންވާ މައުލޫތު ހޯދުމަށް ކުރެވެމުންދާ މަސައްކަތްތަކަށް ސަރުކާރުގެ އިދާރާތަކުން އެއްބާރުލުން ލިބެމުންދާކަމުގައި އިންތިގާލީ މުއްދަތުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް މިއަދު ވިދާޅުވެއްޖެއެވެ.
ފިރުޒުލް ވިދާޅުވީ މިހާތަނަށް އިންތިގާލީ ކޮމިޓީތަކުން ކޮށްފައިވާ މަސައްކަތަކީ ކޮމިޓީތަކަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ސަރުކާރުގެ އިދާރާތަކަށް ސިޓީ ފޮނުވުން ކަމުގައެވެ. އަދި މިއަދު ކޮމިޓީތަކުން ސަރުކާރުގެ އިދާރާތަކަށް ޒިޔާރަތް ކުރަން ފަށާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިންތިގާލީ ކޮމިޓީއިން އެކުލަވާލައިވާ ޓްރާންސިޝަނަލް ކޮމިޓީތަކުން އިދާރާތަކަށް ސިޓީ ފޮނުވާފައިވާނެ. އިއްޔެ ޒިޔާރާތް ކުރުމެއް އިއްޔެ ކުރިއަށް ގެންގޮސްފައެއްނުވޭ. ނަމަވެސް މިއަދު ބައެއް އިދާރާތަކަށް ޒިޔާރަތް ކުރުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ.
2014 ވަނަ އަހަރަށް ލަފާކުރާ، ދައުލަތުގެ ބަޖެޓް އެކުލަވާލުމަށް 7 މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލާ މައުލޫމާތު އެއްކުރުމުގެ މަސައްކަތްވެސް ފަށާފައިވާކަމަށް ފިރުޒުލް މިއަދު ވިދާޅުވިއެވެ.
އިންތިގާލީ މަރުހަލާގެ ތަރުޖަމާން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުހައްމަދު ފިރުޒުލް ވިދާޅުވީ 2014 ވަނަ އަހަރުގެ ބަޖެޓް އެކުލަމާވުމުގެ މަސައްކަތަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ފިނޭންސް މިނިސްޓްރީގައި މިހާރު އެދިފައިވާނެ ކަމުގައެވެ.
އެ މައުލޫމާތުތަކުގެ ތެރޭގައި އެދިފައިވާނެ ދައުލަތު މިހާރު ފިޒިކަލް ހާލަތާއި 2024 އަހަރަށް ލަފާކުރާ ހާލަތާ ގުޅޭ ތަފްސީލީ މައުލޫމާތުތައް ހޯދުމަށް. އަދި އެ މައުލޫމާތުތަކާއިއެކު ބައްދަލުވުމަށް ވެސް ވާނެ އެދިފައި. އެ މައުލޫމާތު ލިބުމަށް ފަހުގައި އަންނަ އަހަރަށް އަޅުގަނޑުމެން ލަފާކުރާނެ ބަޖެޓެއް ދަންނަވާލަން އެނގޭނީ.
ފިރުޒުލް ވިދާޅުވިއެވެ.
ރައީސް ސާލިހުވެސް އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދުވެސް ވިދާޅުވެފައިވަނީ ދައުރު ބަދަލު ވުމުގެ މަރުހަލާއަށް ފުރިހަމަޔަށް އެއްބާރުލުން ދެއްވާނެ ކަމުގައެވެ. އަދި ފިރުޒުލް ވިދާޅުވީ އެހެންކަމުން، 2014 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް އެކުލަވާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމުގައެވެ.
ކޮމެންޓު ފޮނުވާ