ޕޮލިސް ކްލަސްޓަރއާއި ގުޅިގެން އިއްޔެ ކުޅުދުއްފުށި ސިޓީން ނެގުނު 23 ސާމްޕަލް ނެގެޓިވް ވެފައިވާކަމަށް ކުޅުދުއްފުށި ހޮސްޕިޓަލުން ހާމަކޮށްފިއެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ދާއޫދު ވިދާޅުވެފައިވަނީ ކުޅުދުއްފުށީގައި މަސައްކަތް ކުރަމުންދިޔަ ފުލުހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން މިހާތަނަށް ކުޅުދުއްފުށިން 33 ސާމްޕަލެއް ނެގާފައިވާކަމަށެވެ. އަދި ޕޮލިސް ކުލަސްޓަރއާއި ގުޅިގެން ޖުމްލަ ތިން އަތޮޅުން ޖުމްލަ 137 ސާމްޕަލް ނެގާފައިވާކަމަށެވެ. މީގެ ތެރެއިން ކޯވިޑަށް ޕޮޒިޓިވަނީ ވެފައި ވަނީ 7 މީހަކު ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ. މި ވަގުތު މި ކްލަސްޓަރއިން ޕޮޒިޓިވް ވެފައިވަނީ ކުޅުދުއްފުށިން 2 މީހަކާއި ކުރިނބީން މީހަކާއި ދިއްދޫއިން 3 މީހުން އަދި ފޯކައިދޫން އަކަކު ކަމަށެވެ.
މި ކޭސްއާއި ގުޅިގެން ތިން އަތޮޅުން ޖުމްލަ 180 މީހަކު މި ވަގުތު ހޯމް ކަރަންޓީނުގައި އެބަ ތިބިކަމަށް އޭނާ ވިދާޅުވެފއެވެ. އަދި ރޭ (7 އޮކްޓޫބަރު 2020) މި ކޭސްއާއި ގުޅިގެން ދިއްދޫއިން ޕޮޒިޓިވްވި ތިން މީހުންނާއި މިއަދު (8 އޮކްޓޫބަރު) މި ކޭސްއާއި ގުޅިގެން ފޯކައިދޫއިން ޕޮޒިޓިވްވި މީހަކާއި ގުޅިގެން އެ ދެ ރަށުގައި ކޮންޓެކްޓް ޓްރޭސިން މިހާރު ކުރިޔަށް ދާކަމަށެވެ.
މި ވަގުތު ކުޅުދުއްފުށީގައި ޕޮޒިޓިވް ވެފައި ތިބީ ފާޅު ބޯޓް ކޭސްއާއި ގުޅިގެން 4 މީހަކާއި، ޕޮލިސް ކޭސްއާއި ގުޅިގެން 2 މީހަކާއި އަދި ހޯމް ކަރަންޓީނުގެ ރިލީސް ސާމްޕަލް ގުޅިގެން ޕޮޒިޓިވި މީހެއް ކަމަށެވެ.
ޕޮޒިޓިވްވެފަ ތިބި ބައެއް މީހުންގެ އަލާމާތްތައް ހުރިކަމުގައި ވިޔަސް، އެންމެންގެ ހާލު ވެސް އާންމު ގޮތެއްގައި ރަގަޅުކަމަށް ހޮސޕިޓަލުގެ މެނޭޖަރު މެނޭޖަރު ވިދާޅުވި އެވެ.
ކޮމެންޓު ފޮނުވާ