2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ތިން ކޮންޓިނެންޓެއްގެ ހަ ގައުމެއްގައި ކަމަށް ފީފާއިން ބުނެފިއެވެ.
ސްޕެއިން، ޕޯޗުގަލް އަދި މޮރޮކޯ މިމުބާރާތުގެ ކޯ ހޯސްޓުންގެ ގޮތުގައި ހަމަޖައްސާފައިވާއިރު، ފުރަތަމަ ތިން މެޗު އޮންނާނީ އުރުގުއޭ، އާޖެންޓީނާ އަދި ޕެރަގުއޭގަ އެވެ. ދެކުނު އެމެރިކާގައި ކުޅޭ ފުރަތަމަ މެޗުތަކަކީ މޮންޓެވީޑިއޯގައި ބާއްވާ ފުރަތަމަ މުބާރާތަށް 100 އަހަރު ފުރޭއިރު ވޯލްޑް ކަޕަށް ސަތޭކަ އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ މެޗުތަކެކެވެ.
މި ނިންމުން އަންނަ އަހަރު ބާއްވާ ފީފާގެ ކޮންގްރެސްގައި ތަސްދީގު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ފީފާއިން ބުނެފައިވަނީ 2034 ވަނަ އަހަރުގެ މުބާރާތަށް ބަލާނީ އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަނާއި އޯޝެނިއާ ފުޓްބޯލް ކޮންފެޑެރޭޝަންގެ ގައުމުތަކުގެ ބިޑްތައް އެކަނި ކަމަށެވެ. އެ ނިންމުމާ ގުޅިގެން ސައުދީ އަރަބިއްޔާއިން ވަނީ ފުރަތަމަ ފަހަރަށް 2034 ވަނަ އަހަރު މުބާރާތް ބޭއްވުމަށް ބިޑް ކުރާނެ ކަމަށް ބުނެފަ އެވެ.
ފީފާއިން މި މުބާރާތް އެކި ކޮންޓިނެންޓްތަކުގައި ބާއްވަން ނިންމި ނިންމުމަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، "އެއް ސަޕޯޓަރެއްގެ ޖަމިއްޔާއިން" ވަނީ ފުޓްބޯޅައިގެ މައި އިދާރާ "ދުނިޔޭގައި އޮތް އެންމެ ބޮޑު މުބާރާތާ ދެކޮޅަށް ހަލާކުގެ ސައިކަލެއްގައި" ބައިވެރިވާ ކަމަށް ތުހުމަތުކޮށްފަ އެވެ.
"[މިއީ] ސަޕޯޓަރުންނަށް ވަރަށް ބިރުވެރި، ތިމާވެއްޓަށް އިހުމާލުވެ، އިންސާނީ ހައްގުތަކުގެ ބިރުވެރި ރެކޯޑަކާއެކު 2034 ވަނަ އަހަރުގެ ރެޑް ކާޕެޓް ހޯސްޓަކަށް ރޯލް ކޮށްދިނުން. އަޅުގަނޑުމެންނަށް ދަންނަ ވާރލްޑްކަޕްގެ ނިމުން،" ޔޫރަޕުން ފުޓްބޯޅަ ސަޕޯޓަރުން އިން ބުނެފައި ވެއެވެ.
އެހެންނަމަވެސް، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެފައިވަނީ، ބައިބައިވެފައިވާ ދުނިޔޭގައި ފީފާ އާއި ފުޓްބޯޅަ އެއްބައިވަންތަވަމުން އަންނަ ކަމަށެވެ. "މުޅި ފުޓްބޯޅަ ތަމްސީލްކުރާ ފީފާ ކައުންސިލްގެ އިއްތިފާގުން އެއްބަސްވީ 1930 ވަނަ އަހަރު އުރުގުއޭގައި ކުޅުނު ފުރަތަމަ ވޯލްޑް ކަޕްގެ ސަތޭކަ އަހަރު އެންމެ އެކަށީގެންވާ ގޮތެއްގައި ފާހަގަކުރަން. "2030 ވަނަ އަހަރު ފެނިގެންދާނީ ދުނިޔޭގެ ފުޓްބޯޅައިގެ ތަފާތު ފުޓްޕްރިންޓެއް، އެފްރިކާ، ޔޫރަޕް އަދި ދެކުނު އެމެރިކާ – ހަ ގައުމު – އާޖެންޓީނާ، މޮރޮކޯ، ޕެރަގުއޭ، ޕޯޗުގަލް، ސްޕެއިން އަދި އުރުގުއޭ – މި ރީތި ކުޅިވަރަށް ސަތޭކަ އަހަރު ފުރުމާއެކު، ފީފާ ވޯލްޑް ކަޕް އެކުގައި ފާހަގަކުރަމުން ދުނިޔެއަށް މަރުހަބާ ކިޔައި އެއްބައިވަންތަކުރުން."
1930 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ މެޗު ބޭއްވި އުރުގުއޭގެ މޮންޓެވީޑިއޯ އިން 2030 ވަނަ އަހަރު ފުރަތަމަ މެޗު ބާއްވަން ތައްޔާރުވަމުން އަންނައިރު، އާޖެންޓީނާ އާއި ޕެރަގުއޭގެ މެޗުތައް ކުރިއަށް ގެންދަން ވަނީ ތައްޔާރުވެފަ އެވެ.
2030 ވަނަ އަހަރުގެ ހުށަހެޅުން ފާސްވެއްޖެނަމަ މޮރޮކޯ ވެގެންދާނީ 2010 ވަނަ އަހަރު ދެކުނު އެފްރިކާއަށްފަހު ވޯލްޑް ކަޕެއް ބާއްވާ އެފްރިކާގެ ދެވަނަ ގައުމަށެވެ. .
ސްޕެއިންގައި އެންމެ ފަހުން ވޯލްޑް ކަޕް ބޭއްވީ 1982 ވަނަ އަހަރު އިޓަލީން ތިން ވަނަ ފަހަރަށް މުބާރާތް ކާމިޔާބުކޮށްގެންނެވެ. ޕޯޗުގަލްގައި މި މުބާރާތް މިހާތަނަށް ބާއްވާފައި ނުވި ނަމަވެސް 2004 ވަނަ އަހަރުގެ ޔޫރޯ އޮތީ އެތަނުގައި ބާއްވާފަ އެވެ. އެހެން ވޯލްޑް ކަޕްތަކެކޭ އެއްފަދައިން އުރުގުއޭ، އާޖެންޓީނާ، ޕެރަގުއޭ، ސްޕެއިން، ޕޯޗުގަލް އަދި މޮރޮކޯ ވެސް އޮޓޮމެޓިކުން ކޯ ހޯސްޓުންގެ ގޮތުގައި ކޮލިފައިވާނެ އެވެ.
ކޮމެންޓު ފޮނުވާ