އިންތިޚާބީ ރައީސް ޑރ.މުޢިއްޒާއި، ރައީސް ޞާލިޙް ބައްދަލުކުރައްވަނީ

އިންތިޚާބީ ރައީސް ޑރ.މުޢިއްޒާއި، ރައީސް ޞާލިޙް ބައްދަލުކުރައްވަނީ

Author
އައިޝަތު އަޙްމަދު
01 އޮކްޓޯބަރ 2023 03:10
0

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ބައްދަލުކުރައްވަމުން އެބަ ގެންދަވައެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބު ބޮޑު ތަފާތަކުން ރައީސް ޞާލިޙްގެ މައްޗަށް ޑރ.މުޙައްމަދު މުޢިއްޒު ވަނީ ކުރި ހޯއްދަވާފައެވެ. މިއާއެކު އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން ދެން ކުރިއަށް ގެންދަވާނީ ސަރުކާރު ބަދަލުވުމުގެ ކުރިން ކުރިއަށްދާ އިންތިޤާލީ މަރުހަލާގެ މަސައްކަތްތަކެވެ. އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު ރޭ ރައްޔިތުންނާ މުޚާޠަބުކުރައްވާ އިންތިޚާބީ ރައީސް ވަނީ ސަރުކާރު ބަދަލުވުމުގެ މި މުއްދަތުގެ ތެރޭގައި ޤާނޫނުގައި ބަޔާކުރާ ކަންކަން ފުރިހަމަކުރައްވަމުން ގެންދަވާނެކަމަށެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބު ޑރ.މުޢިއްޒު ކާމިޔާބުކުރެއްވީ 54 އިންސައްތަ ހޯއްދަވައިގެންނެވެ. ރައީސް ޞާލިޙަށް ލިބިވަޑައިގެންނެވީ 46 އިންސައްތައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.