އަދާލަތު ބުނީ ނަރީޝް އިމްރާނާ ދިމާލަށް އަވަގުރާނަ ގޮވައިފިކަމަށް، ނަރީޝް އެކަން ދޮގުކޮށްފި

އަދާލަތު ބުނީ ނަރީޝް އިމްރާނާ ދިމާލަށް އަވަގުރާނަ ގޮވައިފިކަމަށް، ނަރީޝް އެކަން ދޮގުކޮށްފި

Author
މުޙައްމަދު ޝަޒައިމް
30 ސެޕްޓެމްބަރ 2023 03:00
0

އަދާލަތު ޕާޓީގެ ރައީސް އިމްރާން މިއަދު ވޯޓުލާން ވަޑައިގެން ހުންނަވަނޮކޮށް މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ނަރީޝް ޝައިޚު އިމްރާނާއި ދިމާލަށް އަވަގުރާނަ ގޮވައި އިންޒާރު ދީފައިވާކަމަށް ބުނެފިއެވެ.

އަދާލަތުން ކުރި ޓުވީޓެއްގައި ބުނީ އެޕާޓީގެ ރައީސް ޝައިޚް ޢިމްރާން ޣިޔާސުއްދީން ސުކޫލުގައި ހުރި ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވަނިކޮށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ނަރީޝް ޝައިޚް އިމްރާނާ ދިމާލަށް އަވަގުރާނަގޮވާ އަޑުގަދަކޮށް އިންޒާރު ދީފައި ވާކަަމަށެވެ. ރެއިންފެށިގެން މިކަހަލަ ބިރުދެއްކުމުގެ ކަންކަން ޑރ މުއިއްޒުގެ ކެމްޕޭނުން ހިންގަމުންދާތީ އެކަންކަން ހުއްޓާލުމަށް ގޮވާލާކަމަށް އެޕާޓީން ބުންޏެވެ.

އަދާލަތުގެ ޓުވީޓާއި ގުޅިގެން ނަރީޝް ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށާއި، ދިވެހި އެތައް ރައްޔިތުން ތިބި ތަނެއްގައި އެފަދަ ކަމެއް ކޮށްފައި ނުވާކަން ހުރިހާ ރައްޔިތުންވެސް ހެކިވާނެކަމަށެވެ. މިފެންނަނީ އިންތިޚާބުން ބަލިވާތީ އަގުވައްޓާލުމަށް ކުރަމުންދާ ކަންތައްތައް ކަމަށް ނަރީޝް ވިދާޅުވިއެވެ.

ކަނޑައެޅިގެން ބުހުތާނު ދޮގެއް! އެތައް ރައްޔިތުން ތަކެއް ތިބި ތަނެއްގައި ނުހިނގާ ކަމެއް ހިނގި ކަމަށްދައްކަން މަސައްކަތް ކުރުމަކީ އިންތިޙާބުން ބަލިވެއްޖެ ކަން ކަށަވަރުވެ ޔަގީން ވާކަމެއް! އިރާދަކުރެއްވިއްޔާ މިއިންތިހާބު ޑރ. މުއިއްޒު ބޮޑުތަނުން ކާމިޔާބުކުރާނެ!

– ނަރީޝް ވިދާޅުވިއެވެ.

މިއަދުގެ ވޯޓުލުން ފޯރީގައި ކުރިއަށްދާއިރު، ފުރަތަމަ ބުރުގައި ނުހިނގާ ފަދަ ކުޑަކުޑަ މާރާމަރީތަކާއި ހިން ހަމަނުޖެހުންގެ މަސްތައް ރައްދުކުރުން ފަދަ ކަންކަން މިއިންތިޚާބުގައި ދަނީ މަދުން ނަވަމަވެސް ފެންނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ވ ވ
އމުރާނުއަކީ ބޮޑެތިދޮގުތައްހެދުމަށްފަސްނުޖެހި އެކަމަށްކުޅަދާނަ އަދިއެކަމަށްގާބިލުމީހެެްނު މިއުޑުގެދަށުގާ އިމުރާނުގެވާހަކަ.އަޑުއަހަށްވެސް ގަބޫލުކުރަށްވެސް.ހެޔޮނުވާނެ
އ އިމުރާނު
ޏަރީޝް އެބާވަތުގެ ކަމެއްނުކުރައްވާނެ އެއީހައްތާވެސް ހަދަހަދައިގެން ދައްކަމުންގެނަދާވާހަކަ ފަވަހަކުވެސް އެބާވަތުގެ ކަމެއްކުރެއްވީ މީހެއްނޫން ނަރީޝްއަކީ