ޑްރަގު އޮޕަރޭޝަން: 10 މީހުންނާއިއެކު އަތުލައިގަތީ 71 މިލިޔަން ރުފިޔާގެ މަސްތުވާތަކެތި

ޑްރަގު އޮޕަރޭޝަން: 10 މީހުންނާއިއެކު އަތުލައިގަތީ 71 މިލިޔަން ރުފިޔާގެ މަސްތުވާތަކެތި

Author
މުޙައްމަދު ޝަޒައިމް
08 ޑިސެމްބަރ 2020 08:41
0

މާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނުގައި 71 ކިލޯގެ މަސްތުވާތަކެއްޗާއެކު 10 މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މި އޮޕަރޭޝަނުގައި ފެނުނު މަސްތުވާތެކި ހުރީ 2 ލަގެޖާއި 2 ގޯނީގައިކަމަށް ފުލުހުން ވިދާޅުވެއެވެ. މިތަކެތި ފެނިފައިވަނީ ފަރީދީ މަގުގައި އޮތް ކާރެއްގެ ތެރެއިން ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. އަދި މިތަކެތީގެ އަގު ރާއްޖޭގެ ރުފިޔާއިން އަގު ކުރާނަމަ 71 މިލިޔަން ރުފިޔާއަށް ވުރެ މަތިވާނެކަމަށް ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވިއެވެ.

އަތުލައިގަތް މަސްތުވާތަކެއްޗަކީ މީގެ ހަފުތާއެއްހާ ދުވަސްކުރިން ފުލުހުން ކަނޑުމަތިން ފާރަލަމުން އައި އެއްޗެކެވެ. އެ އެއްޗެހި މާލެ އަށް ބާލައި ކާރަށް އަރުވާފައި ދުއްވަން ފެށިތަނުން އެ ކާރު ފުލުހުން ހުއްޓުވީ މިއަދު މެންދުރެއްހާ އިރުގައެވެ. ޒަމާނީ، ފަހުގެ އަޅިކުލައިގެ އެ ޕްރައިވެޓް ކާރުގެ ބޮނެޓާއި ޑިކީ އާއި އެހެން ދޮރުތައް ވެސް ނައްޓައިގެން ފުލުހުން އޭގައި ހުރި މަސްތުވާތަކެތި ނަގާފައެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި އޮޕަރޭޝަނަކީ މަސްތުވާތަކެތި އެތެރެކުރާކަމުގެ މަޢުލޫމާތު ލިބިގެން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި މެރިން ޕޮލިސް ގުޅިގެން މީގެ ހަފްތާއެއްހާ ދުވަސްކުރިން އެއްގަމާއި ކަނޑުގައި ފެށި އޮޕަރޭޝަނެއް ކަމަށެވެ. އަދި މިއޮޕަރޭޝަނާއި ގުޅިންހުރި އިތުރު މަޢުލޫމާތު އޮޕަރޭޝަނާއި ގުޅުންހުރި ތަޙުގީގީ މަސައްކަތްތައް ނިމުމުން ހާމަކުރައްވާނެކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

ފަހަކަށް އައިސް ފުލުހުންދަނީ ޑްރަގްގެ ޚާއްޞަ އޮަޕރޭޝަންތަކެއް ހިންގަމުންނެވެ. އަދި އެ އޮޕަރޭޝަންތަކުގައި ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފައިވެއެވެ. އަދި މީޑިއާގެ ޙާޒިރުގައިވެސް ހިންގި އޮޕަރޭޝަން ފުލުހުން ކުއްލިގޮތަކަށް ވަނީ ހުއްޓާލާފައެވެ.

ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ ޢަދަދެއްގެ މަސްތުވާތަކެތިވެސް ފުލުހުން ދާދި ފަހުން ވަނީ ހޯދާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.