ފުވައްމުލަކު ޑިމޮކްރެޓުންގެ ގިނަ އަދަދެއްގެ މެމްބަރުންގެ ތާއީދު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް އޮތްކަން ހާމަކޮށް ރޭ ކެމްޕޭނާއި ރަސްމީކޮށް ގުޅިއްޖެއެވެ.
ރޭ ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި އެރަށު ޑިމޮކްރެޓްސްއަށް ތާއީދު ކުރާ މެމްބަރުންގެ ތެރެއިން ގިނަ އަދަދެއްގެ މެމްބަރުން ވަނީ ރިިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޑރ. މުއިއްޒުއަށް ތާއީދު ކުރުމަށް ނިންމައި އެކަން ރަސްމީކޮށް އިއުލާން ކޮށްފައެވެ. މިރޭ ފުވައްމުލަކު ޑިމޮކްރެޓްސް އިން މުއިއްޒުއަށް ތާއީދު ކުރުމަށް ނިންމާފައިވާއިރު އެސިޓީގެ ގިނަ އަދަދެއްގެ ޒުވާނުންވެސް ވަނީ ޕީޕީއެމްއާއި ގުޅިފައެވެ.
މިފޯމުތަކާއި ހަވާލުވީ ރިޔާސީ ކެންޑިޑޭޓް މުއިއްޒާއި، ޕީޕީއެމް/ޕީއެންސީ ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމެވެ. މިޖަލްސާގައި ވާހަކަ ދައްކަމުން ޑިމޮކްރެޓްސްގެ އިސްބޭފުޅަކު ވިދާޅުވީ އަނިޔާގެ ވާހަކަ މިސަރުކާރުން ދައްކާއިރު މަޖީދީ މަގުގެ މެދުގައި ބޮމެއް ގޮއްވާލައިގެން ރައީސް ނަޝީދަށް ދިން ހަމަލާއަށްވުރެ ބޮޑު އަނިޔާއެއް މިފަހުގެ ތާރީހުގައިވެސް ދެކެފައި ނުވާކަމަށެވެ.

މިއަނިޔާވެރި އަމަލަށް މިސަރުކާރަށް އިންސާފު ހޯދާ ނުދެވުނުއިރު އަމިއްލަ ޕާޓީގެ އެތައް މެމްބަރުންނެއް ވަނީ ނިކަމެތިކޮށް ބިކަކޮށްފައި ކަމަށް އޭނާ ވަނީ ބުނެފައެވެ. އެނާ ބުނީ ނިކުމެ ތިބީ މިވެރިކަން ބަދަލު ކުރުމަށް ކަމަށާއި، އެކަން ނިންމާފައި ނޫނީ މަސައްކަތް ހުއްޓާ ނުލާނެކަމަށެވެ.
ކޮމެންޓު ފޮނުވާ