އެތައް ސަތޭކަ ޒުވާނުން ނިކުމެ މާލޭގައި މުއިއްޒަށް އޮތް ތާއީދު ދައްކާލައިފި

އެތައް ސަތޭކަ ޒުވާނުން ނިކުމެ މާލޭގައި މުއިއްޒަށް އޮތް ތާއީދު ދައްކާލައިފި

Author
މުޙައްމަދު ޝަޒައިމް
26 ސެޕްޓެމްބަރ 2023 07:26
0

މިއަދު ހަވީރު މާލޭގައި އެތައް ސަތޭކަ ޒުވާނުންނާއިއެކު ބޭއްވި ބޮޑު ސައިކަލު ބުރުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް އޮތް ތާއީދު ދައްކާލައިފިއެވެ.

މިއަދު ހަވީރުު މާލޭގެ ބޮޑު ތަކުރުފާނު މަގު ޕީޕީއެމް އޮފީސް ކުރިމަތިން ފެށި މިސައިކަލު ބުރުގައި އެތައް ސަތޭކަ ޒުވާނުން ވަނީ ބައިވެރިވެފައެވެ. މިސައިކަލު ބުރު ލީޑް ކކުރެއްވީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފް، ސެމްބެއެވެ.

ސައިކަލުބުރުގައި ބައިވެރިވި ޒުވާނުން ވަނީ މިފަހަރުގެ އިންތިޚާބު ބޮޑު ތަފާތަކުން މުއިއްޒު ކާމިޔާބު ކުރާނެކަމަށް ބުނެފައެވެ. އަދި ޒުވާނުން ތިބީ މިސަރުކާރަށް ނޫނެކޭ ބުނަން ތައްޔާރަށް ކަމަށާއި، ޒުވާނުން އެކަހެރި ކުރުމަށްފަހު ކާމިޔާބު ހާސިލްވެދާނެ ކަމަށް ގަބޫލު ކުރުމަކީ ވަރަށް ދެރަ ކަމެއްކަމަށެވެ.

މާލޭގެ ބޮޑު ތާއީދެއް މުއިއްޒަށް އޮތް އިރު، ފުރަތަމަ ބުރުގައިވެސް މުއިއްޒުވަނީ ވަރަށް ތަނަވަސް އައުލަބިއްޔަތެއް މާލޭން ހޯދާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

D Dhirun
MAASHAA,ALLAAHU ALHAMDHU,LILLAAHI ALLAAHU,AKUBARU.