ބިލެތްފަހި ޑިމޮކްރެޓުން މުއިއްޒުއަށް ތާއީދުކޮށް ކެމްޕޭނަށް ނިކުމެއްޖެ!

ބިލެތްފަހި ޑިމޮކްރެޓުން މުއިއްޒުއަށް ތާއީދުކޮށް ކެމްޕޭނަށް ނިކުމެއްޖެ!

Author
މުޙައްމަދު ޝަޒައިމް
25 ސެޕްޓެމްބަރ 2023 10:33
0

ށ. ބިލެތްފަހީ ޑިމޮކްރެޓްސްއަށް ނިބަތްވާ ބޭފުޅުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޑރ. މުއިއްޒުއަށް ތާއީދުކޮށް ކެމްޕޭނަށް ނިކުމެއްޖެއެވެ.

މިރޭ ބިލެތްފަހީގައި އޮތް ޚާއްސަ ހަފްލާގައި ވަނީ ޕީޕީއެމްގެ ކެމްޕޭން ޓީމާއި ޑިމޮކްރެޓުން ގުޅި އެކީގައި މަސައްކަތް ކުރަން ފަށާފައެވެ. ބިލެތްފައްސަކީ ޑިމޮކްރެޓްސްގެ ތާއީދުކޮށް ބޮޑު ރަށެކެވެ. އެރަށު ޑިމޮކްރެޓްސްގެ ބޭފުޅުން ތާއީދު ކުރުމުން އެރަށުން ސާފު މެޖޯރިޓީ މުއިއްޒަށް ލިބިގެންދާނެ ކަމަށް ގަބޫލު ކުރެވެއެވެ.

ޑިމޮކްރެޓްސްއަށް ތައީދު ކުރާ ގިނަ ބޭފުޅުން ގެންދަނީ ރައީސް ޞާލިހު ނޫން ގޮތެއް ހޯދައި ރައީސް ޞާލިހުގެ ވެރިކަން ނިންމުމަށް ޑރ. މުއިއްޒަށް ބައިއަތު ހިފަމުންނެވެ.

ޑިމޮކްރެޓްސްއަކީ އެމްޑީޕީ ތެރެއިން އެޕާޓީގެ ސިޔާސަތުތައް ކަމު ނުގޮސްގެން އުފެއްދި ޕާޓީއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.