ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒާއިއެކު އިންތިޚާބުގެ ދެވަނަ ބުރުގައި ބައިއަތު ހިފާފައިވާ އެމްއެންޕީގެ ނައިބް ރައީސާ ދުންޔާ މައުމޫން ޕީޕީއެމްއަށް ސޮއިކޮށްފިއެވެ.
ދުންޔާ މައުމޫން ޕީޕީއެމްއަށް ސޮއިކޮށް ފޯމު ހަވާލު ކުރެއްވީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑެޓް ޑރ. މުހައްމަދު މުއިއްޒާއިއެެވެ. ހުޅުމާލޭގައި އޮތް ކަންމަތީ ބައްދަވުމެއްގައި ދުންޔާ ޕީޕީއެމްއާއި ގުޅުމުން ކެންޑިޑޭޓް މުއިއްޒުވަނީ މަރުހަބާ ދަންނަވާފައެވެ. ދުންޔާ މައުމޫނަކީ ރައީސް މައުމޫންގެ ވެރިކަމުގައި ޚާރިޖީ ވަޒީރުކަން ކުރެއްވި ބޭފުޅެކެވެ.
މީގެ އިތުރުން ދުންޔާ ވަނީ ރައީސް ވަހީދުގެ ސަރުކާރުގައާއި، ރައީސް ޔާމީންގެ ސަރުކާރުގެ އެކި ސިޔާސީ މަޤާމުތައް ފުރުއްވާފައެވެ. ދުންޔާ އެންމެ ފަހުން މަސައްކަތް ކުރެއްވި އެމްއެންޕީއަކީ ޕީޕީއެމްގެ މިހާރުގެ ކޯލިޝަން ބައިވެރިއެކެވެ.
ދުންޔާގެ އިތުރުން ޖެންޑާ މިނިސްޓްރީގެ ނައިބް އިމްރާން އިބްރާހިމް ވެސްވަނީ ދެވަނަ ބުރުގައި ޑރ. މުއިއްޒަށް ތާއީދު ކުރާކަން ހާމަ ކުރައްވާފައެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު އޮންނައިރު އިންތިޚާބުގެ ކުރިން ގިނަ އަދަދެއްގެ ބަޔަކު ގެންދަނީ ޕީޕީއެމްއާއި ގުޅެމުންނެވެ.
2 Responses
ބޯވަ. މަޤާމެއް ދީ އަވަހަށް.
ރައްޔިތުންނަށް ވަރަށް ސާފުކޮށް އިނގޭ ކަމަނާ ގޭމް.
ހަހަހަ.
އޭރުން ވަޒީފާ ހަޑެއް ލިބޭނި