ގަލޮޅު ކަންމަތީ އެންމެ ވަރުގަދަ އެމްޑީޕީ ބޭފުޅުން މުއިއްޒުއާއި ބައިއަތު ހިފައިފި!

ގަލޮޅު ކަންމަތީ އެންމެ ވަރުގަދަ އެމްޑީޕީ ބޭފުޅުން މުއިއްޒުއާއި ބައިއަތު ހިފައިފި!

Author
މުޙައްމަދު ޝަޒައިމް
24 ސެޕްޓެމްބަރ 2023 07:05
0

ގަލޮޅު ކަންމަތީގެ އެންމެ ވަރުގަދަ އެމްޑީޕީގެ އިސްބޭފުޅުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރަން ނިންމައި ބައިއަތު ހިފައިފިއެވެ.

ގަލޮޅު ކަންމަތީގައި އޮތް ކަންމަތީ ބައްދަލުވުމެއްގައި އެސަރަހައްދުގައި މީގެ ކުރިން އެމްޑީޕީއަށް އެންމެ ވަރުގަދައަށް މަސައްކަތް ކުރި ގިނަ ބޭފުޅުން ވަނީ މުއިއްޒު އެންޑޯސް ކުރައްވާފައެވެ. އަދި ގަޮލޮޅުގެ ޑިމޮކްރެޓްސްއަށް ނިސްބަތްވާ ގިނަ އަންހެން ކަނބަނލުން ވަނީ މުއިއްޒަށް ތާއީދު ކުރާކަން ހާމަކޮށް މިއަދު އިވެންޓުގައި ބައިވެރިވެފައެވެ.

މިރަސްމިއްޔާތުގައި ގިނަ އަދަދެއްގެ ބޭފުޅުން ވަނީ މުއިއްޒަށް ތާއީދުކޮށް ޕީޕީއެމްއާއި ގުޅިފައެވެ. އޭގެ ތެރޭގައި ގިނައީ އެމްޑީޕީގައި މީގެ ކުރިން އުޅުނު ބޭފުޅުންނެވެ.

މުއިއްޒަށް ތާއީދުކޮށް ސޮއިކުރި ބޭފުޅުން:

– ގުސްދޫސް ކަޅޭ، ގަލޮޅު ކަންމަތި
– އަލީ ޝަރީފް، ގަލޮޅު ކަންމަތި
– ހަސަން ސައީދު، އެމްޑީޕީ މަތިވެރި ދާއިރާގެ ކުރީގެ ރައީސް
– އަންވަރު، މާޅޮސް އެމްޑީޕީ ފަހުލަވާނެއް
– ހަމްޒާ، މާމިގިނލީ އެމްޑީޕީ އިސްބޭފުޅެއް
– ފާތިމަތު ހީނާ، ގަލޮޅުގެ ކަނބަލެއް

މުއިއްޒު ވަނީ މިބޭފުޅުން ގުޅުމުން މަރުހަބާ ދަންނަވާފައެވެ. އަދި ކޮންމެ ޕާޓީއަކަށްވެސް އަދި ކޮންމެ ފިކުރެއްގެ ބޭފުޅުންނަށްވެސް ހަމަހަމަ ކަމާއިއެކު ޚިދުމަތް ކުރުމުގައި ދެމި ހުންނާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބުޅިކެެނޑި ވަގު
ﷲގެެ އިރަާަދަފުޅުން މުުއިއްޒު އަކަައްކަަާމިޔާބު އެއްނުވާނެ ހޭބަލިނުވޭ