އަނިޔާވެރިކަމަކީ އެއްގޮތަކަށްވެސް ޖާގަދޭނެ ކަމެއްނޫން، އެކަން ނައްތާލާނަން: ޑރ. މުއިއްޒު

އަނިޔާވެރިކަމަކީ އެއްގޮތަކަށްވެސް ޖާގަދޭނެ ކަމެއްނޫން، އެކަން ނައްތާލާނަން: ޑރ. މުއިއްޒު

Author
މުޙައްމަދު ޝަޒައިމް
24 ސެޕްޓެމްބަރ 2023 06:27
0

އަނިޔާވެރިކަމާއި، ނުހައްގުން ރައްޔިތުންނަށް އެއްވެސް ކަމެއް ކުރުމަކީ ޖާގަ ދޭނެ ކަމެއް ނޫންކަމަށާއި، އަނިޔާވެރިކަމަށް އެއްވެސް ޖާގައެއް ނޯންނާނެކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕޭންގައި ގަލޮޅު ދެކުނު ރައްޔިތުންނާއި ބައްދަލުކޮށް މުއިއްޒު ވިދާޅުވީ އަނިޔާވެރިކަމާއި އަދުލު އިންސާފުން ބޭތުން ކަންކަން ކުރުމަކީ ވެރިކަމުގައި ކުރާނެ ކަމެއް ނޫންކަމަށެވެ. މިސަރުކާރުން މިފަސްއަހަރު އެތައް ރައްޔިތަކަށް ނުހައްގުން އަނިޔާދީ ނުހައްގު އެތައްކަމެއް ކޮށްފައިވާކަަމަށެވެ. އެއްވެސް މީހަކަށް އަނިޔާދިނުމަކީ އެއީ ވެރިކަމުގެ ތެރެއިން ޖާގަ އޮންނާނެ ކަމެއް ނޫންކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެމީހެއްގެ ވިސްނުން ހުންނަ ގޮތަކުން ތަފާތެއް ނުވާނެ. ކޮންމެ މީހަކަށް ކޮންމެ ފިކުރެއްގައި ކޮންމެ މީހަކާއިއެކު ކުރިއަށްދެވޭނެ. އެޖާގަ އޮންނާނެ. އަޅުގަނޑު ޚިދުމަތް ދިނުމުގައި އިސްކުރާނީ ހަމަހަމަ ކަމާއި އިންސާފު. އެކަން އެންމެ ފުރިހަމައަށް ސާބިތު ކޮށްދޭނަން.

– މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މަސައްކަތުގައި އެންމެ ފުރަތަމަ ކުރާނެ ކަމަކީ ޚާރިޖީ ސިޔާސަތު ހަމަމަގަށް އެޅުވުން ކަމަށެވެ. މިނިވަންކަން މިއަދު ގެއްލިފައިވާކަމަށާއި، ކަނޑު ވިއްކާލައި އެކި ސަރަހައްދުތަަކުގައި ބޭރުގެ ސިފައިންތިބެ، އަޑިނޭގޭ އެތައް އެއްބަސްވުންތަކެއް ހަދައި އެންމެ ޤައުމަކަށް އިޤްތިޞާދީ ބާރުވެރިކަން ދޫކޮށްލާފައިވާކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ރާއްޖޭގެ ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރު ކޮށްދެއްވާނެ ކަމަށެވެ. ޝަރުއީ ދާއިރާގެ މިނިވަންކަން ނަގާލައި ޝަރުއީ ދާއިރާ އިންސާގެ މަގަށް ގެންނާނެކަމަށެވެ. އެކަން އެގޮތަށް ކުރިއަށް ގެންދިއުމުން ރާއްޖޭގެ ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރުވެ، ރައީސް ޔާމީނާއި، ރައީސް ނަޝީދަށްވެސް އިންސާފު ގާއިމް ކުރެވިގެން ދާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

މިނިވަން ކޮމިޝަންތަކަށް އައްޔަން ކުރާނީ، ސިޔާސީ ވިސްނުމެއްގައި އެކަނި އައްޔަން ކުރާނެ މީހުން ނޫންކަމަށާއި، ކޮންމެ ކޮމިޝަނަކަށް އައްޔަން ކުރާނީވެެސް ތައުލީމީ ގޮތުން މެރިޓް ބޭސް މީީހުންނަށް ވާކަން ކަށަވަރު ކުރާނެކަމަށް މުއިއްޒު ވިދާޅުވިއެވެ. ހަމަ މިއާއިއެކު މަޖިލީހުގައި އެމީހުންގެ ނަންތަކަށް ބަހުސް ކުރާއިރު ނުފޫޒު ފޯރުވައި ވަކި ގޮތަކަށް ވަކި މީހަކު ނަގަން މަސައްކަތް ނުކުރާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

ރާއްޖެއަށް ހަމަޖެހުން އަންނާނީ ހަމަހަމަ އަދުލުވެރި ވެރިކަމެއް ކުރެވިގެން ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި މައުލޫމާތު ހޯދާ ލިބިގަތުމުގައި ހަމަހަމަ ކަމާއިއެކު އެކުލެވޭ ސަރުކާރަކަށް ދެން އުފެދޭ ސަރުކާރު ވެގެންދާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.