"ކަޅަކި" ގެ ޓްރެއިލާ ދައްކައިލައިފި

"ކަޅަކި" ގެ ޓްރެއިލާ ދައްކައިލައިފި

Author
ފާތިމަތު ނާވީ
23 ސެޕްޓެމްބަރ 2023 03:07
0

ބަތަލާ ނިއުމާ މުހައްމަދު ޕްރޮޑިއުސްކޮށްފައިވާ ބިރުވެރި ފިލްމު "ކަޅަކި" އަންނަ މަހުގެ 7 ގައި އޮލިމްޕަހުގައި ޕްރީމިއާކުރާ ގޮތަށް ނިންމައި، އޭގެ ޓްރެއިލާ ދައްކާލައިފި އެވެ.

ސްރީ ލަންކާގައި 2020 ގެ ކުރީކޮޅު ޝޫޓްކުރި "ކަޅަކި" އަކީ ކުރީގެ މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދު ޕްރޮޑިއުސްކޮށް، މަޝްހޫރު އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓްކޮށް، ރޯލެއް ވެސް ކުޅެފައިވާ ފިލްމެކެވެ.

އޮލިމްޕަހުގައި މިހާރު ވެސް ދައްކަމުން އަންނަނީ ޔޫއްޕެ ޑައިރެކްޓްކުރި ކޮމެޑީ ފިލްމު "ޖޯކަރު" އެވެ. އޭނަ ކުރިން ގެނެސްދިން ބިރުވެރި ފިލްމުތަކުގެ ތެރޭގައި ފުރަތަމަ ޑައިރެކްޝަން "އެ ދަތުރު" ގެ އިތުރުން "ދައުވަތު" ހިމެނެ އެވެ.

"ކަޅަކި" ގައި ދައްކުވައި ދޭނީ ޗުއްޓީއަކަށް ދާ ގްރޫޕަކަށް އެ މީހުން ތިބޭ ގެއިން ކުރިމަތިވާ ބިރުވެރި ހާދިސާތަކަކާ ގުޅިގެން، ޗުއްޓީ ދަތުރު ހަރާބުވެގެންދާ ގޮތެވެ. މި ފިލްމްވެސް ބޮޑު ކާސްޓެއް ފެނިގެންދާނެއެވެ.

ފިލްމުގެ ކާސްޓުގައި ހިމެނެނީ ޔޫސުފް ޝަފީޢު (ޔޫއްޕެ)، ޢަލީ ސީޒަން، މުޙައްމަދު މަނިކް، ރިޝްފާ، ލަހޫގެ އިތުރުން ޝިޔާ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.