ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި، ފުރުތަމަ ބުރަށްވުރެ އިތުރަށް 12 ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިންތިޚާބަށް ވަމުން އަންނަ އެންމެ ފަހުގެ ތައްޔުާރީތަކާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށް ބޭއްވި ޕްރެސްކޮންފަރެންސްގައި އެކޮމިޝަންގެ ނާއިބު ރައީސް އިސްމާޢީލް ހަބީބު ވިދާޅުވީ ފުރަތަމަ ބުރުގައި 574 ވޯޓު ފޮށި ބެހެއްޓިނަމަވެސް، ދެވަނަ ބުރުގައި 586 ވޯޓު ފޮށި ބެއްހެއްޓުމަށް ނިންމާފައިވާކަމަށެވެ.
ވޯޓު ފޮށި އިތުރުވީ މާލެ ސަރަަހައްދުގެ އިތުރުން ޓްރިވެންޑްރަމަށެވެ.
ވޯޓު ފޮށި އިތުރަށް ބަހައްޓާ ތަންތަން:
– މާލެއަށް 4 ވޯޓު ފޮށި
– ހުޅުމާލެ ފުރަތަމަ ފިޔަވަހި 2 ފޮށި
– ހުޅުމާލެ ދެވަނަ ފިޔަވަހި 4 ފޮށި
– ވިލިމާލެއަށް 1 ފޮށި
– އިންޑިއާގެ ޓްރިވެންޑްރަމަށް 1 ފޮށި
ކުރިން އަޅުގަނޑުމެން ހީކުރިގޮތަށް ހުޅުމާލޭގަ ވަރަށް ގިނަ ޢަދަދެއްގެ މީހުން، ޚާއްޞަކޮށް ސެކަންޑު ފޭސްގަ ވަރަށް ގިނަ ބަޔަކު ދިރިއުޅެމުންދާއިރު ކުރީފަހަރު މާލެއަށް ވަރަށް ގިނަ ބަޔަކު އައި ވޯޓުލާން. އޭގެތެރެއިން ވަރަށް ގިނަ ބޭފުޅުން ހުޅުމާލެއިން 6 ފޯޓެއް އިތުރުވާނީ ބަޔަކު ރަޖިސްޓްރީކޮށްގެން. އެހެންވީމަ ކުރީ ބަުރުގަ އަންދާޒާކުރި ގޮތަކަށް މިވެގެން ދިޔައީ.
– ހަބީބު ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ބަހައްޓާ ވޯޓު ފޮށީގެ ޢަދަދަށް ބަދަލު އައިސްފައިވަނީ ރީ-ރަޖިސްޓްރޭޝަނަށްފަހު ވޯޓު ލެވޭ މީހުންގެ ޢަދަދަށް އައިސްފައިވާ ބަދަލާއި ގުޅިގެންނެވެ.
އިންތިޚާބުގެ ދެވަނަ ބުރުގައި 282803 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވެއެވެ. ދެވަނަ ބުރުގައި އަލަށް 408 މީހަކަށް ވޯޓުލުމުގެ ފުރުޞަތު ލިބެއެވެ.
ކޮމެންޓު ފޮނުވާ