ދެވަނަ ބުރުގައިި މާރިޔާ ޕްރެސްތަކުން ގެއްލިއްޖެ!

ދެވަނަ ބުރުގައިި މާރިޔާ ޕްރެސްތަކުން ގެއްލިއްޖެ!

Author
މުޙައްމަދު ޝަޒައިމް
22 ސެޕްޓެމްބަރ 2023 09:51
0

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ތަރުޖަމާން ތަރުޖަމާނު މާރިޔާ އަޙްމަދު ދީދީ ޕްރެސްތަކުން ގެއްލިއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި މިނިސްޓަރ މިނިސްޓަރ މާރިޔާ ވަނީ ކޮންމެ ދުވަހަކުހެން ކަހަލަ ގޮތަކަށް ޕްރެސްތައް ބާއްވާފައެވެ. މި ޕްރެސްތަކުގައި މިނިސްޓަރ މާރިޔާގެ އެންމެ ބޮޑު ފޯކަސްއެއް އޮންނަނީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުގައި ގަވާއިދުން ބާއްވަމުންދިޔަ ޕްރެސްތައް ދެވަނަ ބުރުގައި އެއްވެސް ވަރަކަށް ނުބާއްވައެވެ. އަދި ކެމްޕޭނާއި ގުޅޭ މައުލޫމާތުވެސް މާބޮޑަކަށް ހިއްސާ ނުކުރެއެވެ. ނަމަވެސް އެމްޑީޕީން ގެންދަނީ ކެމްޕޭން ހަރަކާތްތަށް މާލެ ސަރަހައްދާއި، އައްޑޫ ސިޓީއަށް ޚާއްސަ އިސްކަމެއް ދީގެން ކުރިއަށް ގެންދަމުންނެވެ. އެމްޑީޕީގެ އެންމެ ބޮޑު އަމާޒަކީ ފުރަތަމަ ބުރުގައި ވޯޓުލާން ނުނިކުންނަ އާބާދީގެ ތެރެއިން ގިނަ ބަޔަކު ވޯޓުލާން ނެރުމެވެ.

ފުރަތަމަ ބުރާއި ހިލާފަށް ދެވަނަ ބުރުގައި އެމްޑީޕީން އެއްވެސް ޕްރެސްއެއްވެސް ނުބާއްވައެވެ. އަދި ކޮންމެ ދުވަހު ތަރުޖަމާން މާރިޔާ ބާއްވާ ޕްރެސްތައްވެސް މިހާރު ނުބާއްވައެވެ. މާރިޔާގެ ޕްރެސްތަކުގައި ކޮންމެ ދުވަހަކުވެސް މުއިއްޒުއަށް ފާޑުކިޔުމާއި، މުއިއްޒުގެ ޢާއިލާއާއި، އަނބިކަނބަލުންނަށްވެސް ފާޑުކިޔުންތައް އަމާޒުކޮށްފައިވެއެވެ.

އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް ދާނީ އަންނަ ހޮނިހިރު ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.