ކޮރަޕްޝަންގެ އެންމެ ބޮޑެތި ކުށް ސާބިތުވި ދެމީހުން ޖަލުގައި ނުބައިތިއްބާ ގޭގައި ތިއްބަވަނީ އިއްތިފާޤުންތޯ ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަޙްމަދު މުޢިއްޒު ސުވާލު އުފައްދަވައިފިއެވެ.
އެމްއެމްޕީާރުސީގެ ޚިޔާނާތުގެ ކުށް ސާބިތުވެ އެކަމުގެ އެޚިޔާނާތުގެ އެންމެ އަޑީގައި ތިއްބެވިކަމަށް ތުހުމަތުކުރާ ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގެ ޑިރެކްޓަރ ޢަބްދުﷲ ޒިޔަތާއެކު ދައުލަތުން އެއްބަސްވުން އެކުލަވާލާ އެމީހުން ކުށަށް އިޢުތިރާފްވުމުން ވަނީ ޖަލު ޙުކުމް ލުއިކޮށްދީފައެވެ. އަދި އެދެމީހުންވެސް މިވަގުތު ޙުކުމް ތަންފިޒްކުރައްވަމުން ގެންދަވަނީ ގޭގައެވެ.
ދައުލަތުން އަދީބާއި ޒިޔަތާއެކު އެއްބަސްވުން އެކުލަވާލާފައިވަނީ ދައުލަތަށް އެންމެ ފައިދަވާގޮތަށްތޯ ގިނަ ބަޔަކު ސުވާލު ކުރަމުން އަންނައިރު، ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަޙްމަދު މުޢިއްޒުވެސް ވަނީ އެކަމަށް ފާޑުވިދާޅުވެފައެވެ. މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ވަނީ ކުށް ސާބިތުވެފައިވާ ދެމީހުން ގޭގައި ތިއްބަވަނީ އިއްތިފާޤުންތޯ ސުވާލު ކުރައްވާފައެވެ.
ސަޅި! އެންމެ ބޮޑެތި ކޮރަޕްޝަންގެ ކުށް ސާބިތުވި ދެމީހުން ޖަލުގައި ނުތިއްބަވާ ގޭގައި މިތިއްބަވަނީ ހަމަ އިއްތިފާޤުންތޯ؟ ނޫނީ ރައީސްގެ ހެޔޮފުޅު ކަމުންތޯ؟
-ކުރީގެ ޕްރޮސެކިއުޓާރ ޖެނެރަލް އަޙްމަދު މުޢިއްޒު
އަދީބާއި ޒިޔަތާއެކު ދައުލަތުން އެއްބަސްވުން އެކުލަވާލާފައިވަނީ އެދެމީހުން ކުށަށް އިތުރިފާްވުމުން ޖަލު ހުކުމުގެ އަދަބު ލުއިކވާގޮތަށެވެ. އެގޮތުން އަދިޞުގެ މައްޗަށް ސަތޭކަ އެތައް އަހަރެއްގެ ޖަލު ހުކުމް ސާބިތުވާނެކަމަށް ޕީޖީ ވިދާޅުވެފައިވާއިރު، އަދީބުގެ މައްޗަށް އިއްވާފައިވަނީ އެއްބަސްވުމާ އެއްގޮތަށް 20 އަހަރުގެ ޖަލު ޙުކުމެކެވެ. އަދި ޒިޔަތުގެ މައްޗަށް އިއްވާފައިވަނީ 32 ދައުވާއަކަށް 11 އަހަރުގެ ޖަލު ޙުކުމެކެވެ. މިއާއެކު މި އެއްބަސްވުންތަކުން ދައުލަތަށް އެއްވެސް ފައިސާއެއް ނުވަތަ ފައިދާއެއް ވެފައިވޭތޯ ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.
ކޮމެންޓު ފޮނުވާ