ދީޕިކާ "ޖަވާން" ކުޅެދިނީ ހިލޭ

ދީޕިކާ "ޖަވާން" ކުޅެދިނީ ހިލޭ

މިހާރު ސިނަމާގައި ރެކޯޑްތަށް މުގުރަމުން އަންނަ ޝާހުރުކް ހާންގެ ފިލްމް "ޖަވާން" ގައި ހާއްސަ ފެނިލުމަކުން ފެނިގެންދިއަ ދީޕިކާ އެބައި ކުޅުމަށް އެއްވެސް ފީއެއް ނަގައިފައި ނުވާ ކަމަށް ދީޕިކާ ބުނެފިއެވެ.

"ޖަވާން" ވެގެން ގޮސްފައިވަނީ ވަރަށް ކާމިޔާބު އަދި އެހާމެބޮޑު އާމްދަނީއެއް ހޯދި ފިލްމްއަށެވެ. މި ފިލްމް ގައި ދީޕިކާ ފެނިގެން ގޮސްފައިވަނީ ހާއްސާ ފެނިލުމަކުންނެވެ. ރެކޯޑްތަށް މުގުރަމުން އަންނަ މި ފިލްމް ގައި ކުޅުނު ބަޔަށް ދީޕިކާ އެންމެ ބައިރުފިއާ އެއް ވެސް ނުނަގާ ކަމަށް އޭނާ ވަނީ ބުނެފައިއެވެ.

މީޑީއާގައި ދެކެވެމުން އަންނަ އެ ވާހަކަ ތަކަށް ދީޕިކާ ރައްދު ދީފައިމިވަނީ "ޖަވާން" އަށް ލިބެމުން އަންނަ ބޮޑު ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން މުމްބާއީގައި ބޭއްވި ހަފްލާއެއްގެ ތެރެއިންނެވެ.

"ޖަވާން ގައި ކުޅުނީ ވަރަށް ކުޑަ ތަންކޮޅެއް. އެއީ ހާއްސަ ފެނިލުމެއް. އެކަމަކު އެޔަށް އެއްވެސް ފީއެއް ނުނަގަން. ބައި ރުފިޔާ އެއްގެ މިންވަރުވެސް ނުނަގަން"

އިތުރަށް ާހަކަ ދައްކަމުން ދީޕިކާ ބުނީ އޭނާއަކީ ޝާހްރުކް އެންމެ ގާތްކޮށް ހިތާ އެކުވެރިންގެ ތެރޭގައި ހިމެނޭ މީހެއް ކަމަށާއި އެ ދެމީހުންގެ މެދުގައި އޮންނަނީ ވަރަށް ހާއްސަ ގުޅުމެއް ކަމަށް ވެސް ދީޕިކާ ބުންޏެވެ. މީގެ އިތުރުން ދީޕިކާ ބޮލީވުޑް އަށް ނެރުނު ފިލްމް 2007 ވަނަ އަހަރުގެ "އޯމް ޝާންތި އޯމް" ގެ ލީޑުން ވެސް ފެނިގެން ދިއައީ ޝަހުރުކް ހާންއެވެ.

ޖަވާން އަކީ ސައުތުގެ މަޝްހޫރު ޑައިރެކްޓަރު އެޓްލީ ކުމާރުގެ ފުރަތަމަ ހިންދީ ފިލްމްއެވެ. މި ފިލްމް ގައި މަސްހުނި ކާސްޓެއް ހިމެނޭ އިރުގައި މި ފިލްމް އަކީ ސައުތުގެ މަޝްހޫރު ބަތަލާ ނަޔަންތަރާ ބޮލީވުޑް އަށް ތައާރަފްވި ފިލްމްއެވެ.

މި ފިލްމްގެ ކާސްޓުގައި ވިޖޭ ސެތުޕަތީ، ސާނިއާ މަލްއުތުރާ، ސުނިލް ގްރޯވާ، ޕްރިޔާމަނީ، ޔޯގީ ބާބޫ، ރިދިމާ ޑޮގްރާ އަދި އާސްތާ އަގަރްވާލް ހިމެނެ އެވެ.

 

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *