21 އަހަރުގެ ޒުވާނަކު ގެއްލިގެން އާއިލާ އިން ހޯދާތާ 2 ހަފުތާ!

21 އަހަރުގެ ޒުވާނަކު ގެއްލިގެން އާއިލާ އިން ހޯދާތާ 2 ހަފުތާ!

Author
މުޙައްމަދު ޝަޒައިމް
17 ސެޕްޓެމްބަރ 2023 11:20
0

މާލެ އިން ޒުވާނަކު ގެއްލިގެން ހޯދަން، ފުލުހުން މިރޭ އިއުލާން ކޮށްފިއެވެ.

ގެއްލިގެން ހޯދަން އިއުލާނުކުރީ، އއ. މާޅޮސް، ހުސްނޫވިލާ، އަލީ ރިޝާން 21، އެވެ. ފުލުހުން ބުނީ ރިޝާން ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓް ލިބުނީ މިދިޔަ ހުކުރު ދުވަހު ކަމަށެވެ.

އޭނާ މިހާރު ދިރިއުޅެނީ މާލޭގައި ކަމާށާއި އެންމެ ފަހުން ރިޝާންގެ ޚަބަރެއް ވީ ގާތްގަނޑަކަށް ދެ ހަފުތާ ކުރިން ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ބުންޏެވެ.

ރިޝާންއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ 2 ގެ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9393351 އަށް ގުޅުމަށް ފުލުހުން އެދުނެވެ. މިދިޔަ މަހު ވެސް މާލެ އިން މީހަކު ގެއްލިގެން ހޯދިއެވެ. އޭނާ ފެނުނީ ހޯދަމުންދާތާ ތިން ދުވަސް ފަހުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.