ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައިި ގުޅިގެން މަސައްކަތް ކުރުމަށް ފުރަތަމަ ބުރުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ފާރިސް މައުމޫނާއި، ޕީޕީއެމް ޕީއެންސީން މަޝްވަރާކޮށްފިއެވެ.
ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕުން ވަނީ އިއްޔެވެސް ފާރިސް ނިސްބަތްވާ އެމްއާރުއެމްގެ ލީޑަރޝިޕާއި މަޝްވަރާ ކޮށްފައެވެ. ނަމަވެސް އެބައްދަލުވުމުގައި ފާރިސް ބައިވެރި ނުވެއެވެ. ނަމަވެސް މިއަދު ފާރިސް އާއި މަޝްވަރާ ކޮށްފައިވަނީ ސިޓީ ގާޑެން މަތީގައި މިއަދު ހަވީރުއެވެ. މިބައްދަލުވުމުގައި ކޯލިޝަން މަޝްވަރާތަކާއި ދެފަރާތުން ގުޅިގެން ކުރެވިދާނެ މަސައްކަތް ތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރެވިފއެވެ.
މިބައްދަލުވުމުގައި، ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމްއާއި، ޕީޖީ ލީޑަރު އަހުމަދު ސަލީމްއާއި، ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ސައީދު ބައިވެރިވިއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމަށް ޕީޕީއެމް ޕީއެންސީން އެކުލަވާލާފައިވާ ޓީމުގައި ހިމެނެނީ، ރަނިންމޭޓް ސެމްބެއާއި، މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގާއި، ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމްއާއި، ޕީޖީ ލީޑަރު އަހުމަދު ސަލީމްއާއި، ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ސައީދެވެ.
ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުން ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރިއަށް ގެންދާއިރު، ކެންޑިޑޭޓް ޑރ. މުއިއްޒު ގެންދަވަނީ އަރިއަތޮޅުުގައި ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. އަދި ރަނިންމޭޓް ސެމްބެ ގެންދަވަނީ ގދ.ގައި ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދަވަމުންނެވެ.
ކޮމެންޓު ފޮނުވާ