ބާޖެއްގައި ޙާލުގައި ޖެހިފައި ތިބި ބަޔަކު މާލެ ގެނެސްފި

ބާޖެއްގައި ޙާލުގައި ޖެހިފައި ތިބި ބަޔަކު މާލެ ގެނެސްފި

Author
މުޙައްމަދު ޝަޒައިމް
13 ސެޕްޓެމްބަރ 2023 08:16
0

 

އިންޑޮނޭޝިއާއިން ދިވެހިރާއްޖެއަށް ދަތުރުކުރަމުން އައި ޓަގްބޯޓެއްގެ ކަފުގައި އޮތް ބާޖެއްގައި ޙާލުގައި ޖެހިފައި ތިބި ބަޔަކަށް އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އިންޑޮނޭޝިއާއިން ދިވެހިރާއްޖެއަށް ދަތުރުކުރަމުން އައި ޓަގު ބޯޓު (މުތާ ކޮރަލް) ފަހަތުގައި އޮތް ބާޖުގައި ބަޔަކު އުޅޭކަން ފާހަގަކުރެވިގެން އެކަން ޓަގުބޯޓުގެ ފަރާތުން ރިޕޯޓްކުރުމުން، އެމްއެންޑީއެފް ކޯސްޓްގާޑާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަދި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ބެލިބެލުމުން، އެ އުޅަނދުގައި ތިބި 12 މީހުންނަކީ މަސްވެރިންކަންކުރާ ބޭރުގެ އުޅަނދެއްގައި މަސައްކަތްކުރާ ބައެއްކަން ވަނީ އެނގިފައެވެ.

އަދި އެ މަސްވެރިން، ބާޖަށް އަރާފައިވަނީ ރާއްޖެއާއި ގާތްގަނޑަކަށް 140 މޭލު ބޭރުން، ރޭގަނޑުގެ ވަތުތުގައި އައި ކޮޅިގަނޑެއްގައި އެމީހުން މަސްވެރިކަން ކުރަމުންދިޔަ މަސް ބޯޓާއި ބާޖު ޖެހުމުގެ ތެރޭގައި ބޯޓް ހަލާކުވެ އަޑިއަށް ދިއުމުން ކަމަށް ބުނެފައިވާތީ، މިކަންކަން އިތުރަށް ސާފުކުރުމުގެ މަސައްކަތް އިދާރާތަކާއި ގުޅިގެން ކުރަމުންދާކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

މި މީހުން މިހާރުވަނީ މާލެގެނެސް މޯލްޑިވްސް އިމިގްރޭޝަނާއި ޙަވާލު ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.