ދިގު އިންތިޒާރަކަށްފަހު މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވަނީ

ދިގު އިންތިޒާރަކަށްފަހު މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވަނީ

Author
މުޙައްމަދު ޝަޒައިމް
08 ޑިސެމްބަރ 2020 08:09
0

މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވަން ހުއްދަ ދޭން ސަރުކާރުން ނިންމައިފިއެވެ.

ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިމަހު 14 ވަނަ ދުވަހު މާލެ ސަރަހައްދުގެ ސިޓީ ހޮޓާތަކާއި ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަދޭން ސަރުކާރުން ނިންމާފައިވާކަމަށެވެ. އަދި އެކަމުގެ ހުއްދަ ދެއްވިިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުއާއި ސިއްހީ ދާއިރާގެ ކަމާބެހޭ ފަރާތްތަކަށް ޓުއަރިޒަމް މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކޯވިޑް-19ގެ މަސައްކަތަށް ހާއްސަކޮށްފައިވާ ޓެގް ޓީމާއި ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރާއި އެޗްޕީއޭ ޓެގް ކުރައްވައި އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވަމުން މިނިސްޓަރުގެ ޓްވީޓްގައި ވިދާޅުވެފައި ވަނީ މިހާރު 2021 އަށް ސްޓައިލްގައި މަރުހަބާ ކިޔޭނެކަމަށެވެ.

ރާއްޖޭގެ ކޯވިޑް-19ގެ ހާލަތަށް ބަލައި، މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓް ހައުސްތައް ބަންދުކޮށްފައި ވަނީ މިދިޔަ މާރޗު މަހުގެ 17 ވަނަ ދުވަހުއެވެ. އޭގެ 212 ދުވަސް ފަހުން އޮކްޓޫބަރުމަހުގެ 15 ވަނަ ދުވަހު އަލުން ގެސްޓް ހައުސްތައް ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ވަނީ ދީފައެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަކުރާގޮތުގައި މިހާތަނަށް ރާއްޖޭގެ 8 އަތޮޅަކުން 24 ރަށެއްގެ 125 ގެސްޓްހައުސެއް ވަނީ އަލުން ހުޅުވާފައެެވެ. މިއާއެކު ގެސްޓުހައުސްތަކުން ފަތުރުވެރިކަމުގެ ސިނާއަތަށްވަނީ 2476 އެނދު އޮޕަރޭޝަނަށް ގެނެސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.