ރައްޔިތުން ގޮތް ނިންމައިފި ކަމަށް ވިދާޅުވެ ޑެޕިއުޓީ މިނިސްޓަރު ޒާމިރު އިސްތިއުފާ ދީފި

ރައްޔިތުން ގޮތް ނިންމައިފި ކަމަށް ވިދާޅުވެ ޑެޕިއުޓީ މިނިސްޓަރު ޒާމިރު އިސްތިއުފާ ދީފި

Author
މުޙައްމަދު ޝަޒައިމް
12 ސެޕްޓެމްބަރ 2023 10:04
0

ޖުމްހޫރީ ޕާޓީގެ ސްލޮޓްގައި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސައިން ޒާމިރު މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

ޒާމިރުގެ ސިޓީގައި އިސްތިއުފާ ދެއްވި ވަކި ސަބަބެއް ވިދާޅުވެފައެއް ނުވެއެވެ. ނަމަވެސް އޭނާ އިސްތިއުފާ ދެއްވީ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވި ބޮޑު ނާކާމިޔާބީއާ ގުޅިގެން ކަމަށް ބެލެވެއެވެ.

އިސްތިއުފާގެ ސިޓީއާ އެކު ފޭސްބުކްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ޒާމިރު ވިދާޅުވީ ރައްޔިތުން އެމީހުންގެ އަޑު އިއްވައިފި ކަމަށެވެ.

މިއީ ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ކުރިއަށް ދާން ޖެހޭ ވަގުތު. އެހެންވެ އަޅުގަނޑު މަގާމުން އިސްތިއުފާ ދީފިން.

– ޒާމިރު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވެސް ވާދަކުރެއްވިއެވެ. ގާސިމަށް މި އިންތިހާބުގައި ލިބިވަޑައިގަތީ 5،524 ވޯޓެވެ. އެއީ 2.5 އިންސައްތަ ވޯޓެވެ. ޖުމްހޫރީ ޕާޓީން ރޭ ވަނީ އެޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި ބައްދަލުކޮށްފައެވެ. އެމަޝްވަރާ ތަކަށްފަހު ވަރަށް އަވަހަށް ގޮތެއް ނިންމާނެކަމަށް ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

K Kaidhaa
އަންނި ނޫނެކޭ ބުނެފި ނަމަ ބަލާ އެބުނީ އާނއެކޭ ކަމަށް އަބަދުވެސް ބުނާބަހާ އިދިކޮޅަށް އަމަލް ކުރަނީ މުނާފިގެއްގެ ހުރިހާ ސިފައެއް ފުރާ ފުރިހަމަ ވެފަ ހުރި މީހެއް ފަހު ވަގުތު އެމްޑީޕީ އަށް ސަޕޯރޓް ކުރާނެ