ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ދެބަޔަކު ނޫނީ 3 ބަޔަކު އެކީގައި ކުރިއަށްދާނެ ކަމުގެ ފެހި ސިގުނަލް ދީފައިވާކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިޚާބުގެ ވަގުތީ ނަތީޖާ އިޢުލާންކުރައްވާފައެވެ. އިންތިޚާބުން އެންމެ ގިނަ ވޯޓު ހޯދެއްވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒެވެ. އެމަނިކުފާނު ވަނީ 101635 ވޯޓު ހޯދަވައި އިންތިޚާބުގެ %46.06 ހޯއްދަވާފައެވެ. ޑރ.މުޢިއްޒާއި އެންމެ ކައިރިން ވާދަކުރައްވާފައިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ. މިގޮތުން މި އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް ޞާލިޙްއަށް ލިބިވަޑައިގެންނެވީ 86161 ވޯޓެވެ. އެއީ ވޯޓު ލި މީހުންގެ ތެރެއިން %39.05 މީހުންގެ ވޯޓެވެ.
އިންތިޚާބުގެ ދެވަނަ ބުރުގައި މިހާތަނަށް އެކި ޕާޓީތަކާއި މަޝްވަރާ ކުރަމުންދާކަމަށާއި، އަދި ބައެއް ފަރާތްތަކުން ގުޅޭނެކަމުގެ ފެހި ސިގުނަލުވެސް ލިބިފައިވާކަމަށެވެ. ރައީސް މިހެން ވިދާޅުވީ ރާއްޖެ ޓީވީގެ ހެދުނުގެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.
އަޅުގަނޑުމެންނާއި އެބަ ވާހަކަދެކެވޭ ބައެއް ފަރާތްތަކާއި، 2 ނޫނީ 3 ބައި މީހުން އަޅުގަނޑުމެންނާއި ގުޅޭނެ. އެ ފެހި ސިގުނަލް ވަނީ ލިބިފަ. އަޅުގަނޑު މިކުރަނީ މިހާރު އެމަޝްވަރާތައް.
– ރައީސް ޞާލިހު ވިދާޅުވިއެވެ.
ރައީސް މިހެން ވިދާޅުވި ނަމަވެސް މަޝްވަރާ ކުރައްވަނީ ކޮން ބަޔަކާއި ކަމެއްވެސް އަދި މަޝްވަރާތައް ކުރިއށްދާ ގޮތެއްވެސް ހާމަ ކުރައްވާފައި ނުވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ބޭފުޅަކު އިންތިޚާބުކުރުމަށް ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ. އިންތިޚާބުގެ ދެވަނަ ބުރުގައި އެންމެ މުހިންމު ދައުރެއް އަދާކުރާނީ އެމްޑީޕީއާއި ޚިޔާލް ތަފާތުވި ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓްސް އިންނެވެ.
4 Responses
ދޭއް ނޫނީ ތިން ފަރާތެއް ބައިވެރިވާނެ، ހަހަހަ ރައީސް ! ޢެތިންމީހުން އެއްކޮއްލީމަ 2000 ވޯޓު ހަމަނުވާކަން ނޭގެނީތޯ ، ހިސާބު ހައްދަވަން ަދުރޭ ކާރިޔަށް ޓިއުޝަން ވަޑައިގަންނަވަންވީ ނުންތޯ ؟
އެބުނާ ބަޔަކީ އެމް.ޑީ.ޕީ ގެ މިހާރުވެސް ކޯލިޝަންގަ ތިބި ބައިކުޅަބައި ހަމަނުވާ ހިޔަޅު އިމްރާންގެ އަދާލަތާއި ފިތާ މާމުއި ނެރޭ ސިޔާމް ޕާޓީ.
ރައްޔިތުން ބޮޑު ތަނުން ބުނެފި ތިބައިގަނޑށް ނޫނެކޭ. އިތުރު އެއްވެސް ޕާޓީ އަކުން ތި ބައިގަނޑާ ގުޅޭކަން ބޭނުމެއް ނުވޭ.
ރޫޅާލާނަން އަދިވެސް ތިޔަށް ވުރެ ބޮޑަށް.
އެކަކު އަނެން ކުންނައް ޢިހުތިރާމް ކޮއްބަލަ މީޢީ މުސްލިމުން ފާޑުނުކިބަލަ ކޮށްމެ މީހަކައް ވެސް ދުވަސް ޢަށް ނާނެ
އެކަކު އަނެން ކުންނައް ޢިހުތިރާމް ކޮއްބަލަ މީޢީ މުސްލިމުން ފާޑުނުކިބަލަ ކޮށްމެ މީހަކައް ވެސް ދުވަސް ޢަށް ނާނެ