ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އިއްޔެ ދިވެހި ރައްޔިތުން ނިންމި ނިންމުމަކީ ޤައުމު އިސްކޮށް ނިންމި ނިންމުމެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގެ އިއްޔެ ބޭއްވި ވޯޓުގައި ރައީސް ޞާލިހަށް ތާއީދުކޮށް މަސައްކަތް ކުރި ރޮޒޭނާގެ ދާއިރާވެސް ވަނީ ރައީސް ޞާލިހަށް ނާކާމިޔާބު ވެފައެވެ. ރާއްޖޭގެ ދެ އަތޮޅު ފިޔަވައި ހުރިހާ އަތޮޅެއްގެ މެޖޯރިޓީ އެމްޑީޕީއަށް ވަނީ ފުރަތަމަ ބުރުގައި ގެއްލިފައެވެ. މިއީ މިހާތަނަށް އެމްޑީޕީއަށް އިންތިޚާބެއްގައި ލިބިގެންދިޔަ އެންމެ ބޮޑު ނާކާމިޔާބެވެ.
ރޮޒޭނާ ވިދާޅުވީ މިނިންމުމަކީ ދިވެހި ރައްޔިތުން ޤައުމު އިސްކޮށް ނިންމި ނިންމުމެއް ކަަމަށެވެ. އަދި ދެވަނަ ބުރުގައި އިތުރަށް މަސައްކަތްކޮށް ރައީސް ޞާލިހަށް ދެވަނަ ދައުރެއް ދެއްވުމަށް މަސައްކަތް ކުރުމަށް ރޮޒޭނާ ވަނީ ގޮވާލާފައެވެ.
ރައީސް ޞާލިހަށް ވޯޓު ދެއްވި އެންމެހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. ތިބޭފުޅުން ތިނިންމެވީ ޤައުމު އިސްކޮށް ނިންމި ނިންމުމެއް. އުންމީދު ކުރަނީ ދެން ތިއްބެވި ބޭފުޅުންވެސް ދެވަނަ ބުރުގައި ވިސްނުން އިސްކޮށް ކުލަޔަކަށް ނުބަލާ އަނިޔާވެރިކަމާއި ހަމަނުޖެހުމާއި ދެކޮޅަށް ވޯޓު ދެއްވާނެކަމަށް.
– ރޮޒޭނާ ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިޚާބުގެ ވަގުތީ ނަތީޖާ އިޢުލާންކުރައްވާފައެވެ. އިންތިޚާބުން އެންމެ ގިނަ ވޯޓު ހޯދެއްވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒެވެ. އެމަނިކުފާނު ވަނީ 101635 ވޯޓު ހޯދަވައި އިންތިޚާބުގެ %46.06 ހޯއްދަވާފައެވެ. ޑރ.މުޢިއްޒާއި އެންމެ ކައިރިން ވާދަކުރައްވާފައިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ. މިގޮތުން މި އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް ޞާލިޙްއަށް ލިބިވަޑައިގެންނެވީ 86161 ވޯޓެވެ. އެއީ ވޯޓު ލި މީހުންގެ ތެރެއިން %39.05 މީހުންގެ ވޯޓެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ބޭފުޅަކު އިންތިޚާބުކުރުމަށް ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.
6 Responses
ރޮޒޭ ތިބުނާ އަނިޔާވެރިކަމާދެކޮޅަށް ވޯޓް ދެންޏާ މުއިއްޒު އަށް ވޯޓްދީ. ތިކަހަލަ ނުހައްގު ބަސް ފަތުރާ ކިޔަވައިގެންތިބި ބޯބުރާންތިންނާހެދި މުޅި ގައުމާއި މި ގައުމުގެ ޅަ ޖީލު ފަނާވެގެން މިދަނީ.
ޢައްޗީޑި ޔާމީން ވެރިކަމުގަ ރައްޔިތުންގެ ގައިގައި ފިރުމާހެދީ ދޯ
ޤައުމު އިސްކޮށް ނިންމި ނިންމުން ބަދަލުކޮށް 2 ވަނަ ބުރުގައި އިބޫއަށް ވޯޓް ދޭށޭ ތިޔަ ވިދާޅުވީ. ކިޔޭ ނުކިޔޭ އެނގޭބާ. އެންމެ ފުރަތަމަ ދީނާއި ޤައުމު. ރައްޔިތުން ގޮތް ނިންމައިފި. ޢިބޫ ނޫން ގޮތެއް.
މުއިއްޒު ހޮވިއްޖެނަމަ ރޮޒޭމެންދާނެ މުއިއްޒް ކާރިއަށް
މުއިއްޒު ހޮވިއްޖެނަމަ ރޮޒޭމެންދާނެ މުއިއްޒް ކާރިއަށް
މީނދަ ފަތަފޮޅި ކަނބުލޭގެއާ ރައްޔިތުން އިއްޔެ ގައުމު އިސްކޮށްފަ މިއަދު ތިފަތަފޮޅި ފެތުރީމާ މާދަމާ ހަމައެރައްޔިތުން ގައުމު ފަސްކޮށް ފަތަފޮޅި އިސްކުރާނެހެން ހީކުރުމީ ރައްޔިތުންނައް ކޮށްލެވޭ މަލާމާތެއް