ލައިވްބްލޮގް: ރިޔާސީ އިންތިޚާބު 2023!

ލައިވްބްލޮގް: ރިޔާސީ އިންތިޚާބު 2023!

#ފޮޓޯ: ގިނަ ރަށްތަކުގައި ވޯޓު ފޮށިތައް ބަންދު ކޮށްފި. ވޯޓުލުން ބަންދުވި އިރު ގިނަބަޔަކު ވޯޓުލާން ނުދާތީ, ވޯޓު ލީ މީހުންގެ ނިސްބަތް އާދަޔާ ޚިލާފަށް މަދުވާނެކަމަށް ވަނީ ބެލެވިފަ.

ސެޕްޓެމްބަރ 9, 2023 4:37 ޕމ

މިއަދު ކުރިއަށް ދިޔަ ރިޔާސީ އިންތިޚާބުގައި ވޯޓުލުން ކުރިއަށް ދިޔަ ބައެއް ވޯޓު ފޮށިތައް ބަންދުކޮށް ގުނުމަށް ތައްޔާރު ވެއްޖެ.

މިއަދު ހެނދުނު 8 ޖެހުމާއެކު މާލެއާއި އަތޮޅުތަކުގައި ވޯޓުލުމުގެ ކަންކަން ވަނީ ފަށާފަ. ރިޔާސީ އިންތިޚާބުގެ ވޯޓުލުން މިއަދު ހެނދުނު 8 ފެށިގެން ހަވީރު 4 ޖެހުމާއި ހަމައަށް ކުރިއަށްދިޔައީ ވަރަށް އަމާން ކަމާއިއެކުގަ.

ގިނަ ރަށްތަކުގަ މިހާރުވަނީ ވޯޓު ފޮށިތައް ބަންދު ކޮށްފަ. ގިނަ ރިސޯޓުތަކުގަވެސް މިހާރުވަނީ ވޯޓު ފޮށިތައް ބަންދު ކޮށްފަ.

ސެޕްޓެމްބަރ 9, 2023 4:25 ޕމ

ގިނަ ބަޔަކަށް ވޯޓުލާން ފުރުސަތު ނުލިބި، ވޯޓުލުން ބަންދު ކޮށްފި. އައްޑު އަތޮޅު ބައެއް ރަށްރަށުގައި ގިނަ ބަޔަކު ދަނީ ވޯޓުލން ފުރުސަތު ދޭން ޖެހޭނެކަމަށް ބުނެ އަޑު އުފުލަމުން.

ސެޕްޓެމްބަރ 9, 2023 4:16 ޕމ

4:00 ޖެހުމާއެކު، ގިނަ ރަށްރަށުގެ ވޯޓު ފޮށިތައް ބަންދުކުރަން ފަށައިފި.

ސެޕްޓެމްބަރ 9, 2023 4:11 ޕމ

ވޯޓު ފޮށިތައް ބަންދުކުރަން ފަށައިފި.

ސެޕްޓެމްބަރ 9, 2023 4:09 ޕމ

ސެޕްޓެމްބަރ 9, 2023 4:07 ޕމ

ރިޔާސީ އިންތިހާބު 2023ގެ ވޯޓުލުން ހަވީރު 4:00 ގައި ނިމޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި. އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް ހަބީބު ވިދާޅުވީ 4 ގެ ކުރިން ކިއޫގައި ތިބި މީހުންނަށް ވޯޓުލުމުގެ ފުރުސަތު ލިބޭނެ ކަމަށާއި، 4 ގެ ފަހުން ކިޔޫ އަށް ނޭރޭނެ ކަމަަށް. ވޯޓުލުމުގެ ވަގުތު އިލެކްޝަންސް ކޮމިޝަނުން އިތުރު ނުކުރާނެ ކަމަަށްވެސް ހަބީބު ވިދާޅުވި.

ސެޕްޓެމްބަރ 9, 2023 4:06 ޕމ

އެންމެ ފަހު ވަގުތު ގިނަބަޔަކު ވޯޓުލާން ނިކުމެ ކިއުތައް ދަމާލައިފި.

ސެޕްޓެމްބަރ 9, 2023 4:03 ޕމ

މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގައި މިއަދު މެންދުރު ފަހު2 ޖެހުމާއި ހަމައަށް 58 އިންސައްތަ މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބް ރައީސް ވިދާޅުވެއްޖެ.

ސެޕްޓެމްބަރ 9, 2023 3:44 ޕމ

ވޯޓު ފޮށިތައް ކައިރީގައި ވޯޓު ކަރުދާހުގައި ޖަހާ ފާހަގަ ދެއްކުމާއި، ފޮޓޯ ނެގުން ފަދަ ކަންކަން ހުއްޓުވާދިނުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ގޮވާލައިފި.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރިޔާސީ އިންތިޚާބުގެ ވޯޓުލުން މިއަދު ކުރިއަށްދާއިރު ވޯޓު ފޮށިތައް ކައިރީގައި ގަވައިދާ ޚިލާފަށް ބައެއް ކަންކަން ހިނގަމުންދާކަން ފާހަގަކުރެވޭ ކަމަށް. އެގޮތުން ވޯޓު ކަރުދާހުގައި ފާހަގަ ޖަހާފައި ދެއްކުމާއި އެކިކަހަލަ އާލާތްތައް ބޭނުންކޮށްގެން ފޮޓޯ އާއި ވީޑިއޯ ނެގުންފަދަ ކަންކަން ބައެއް ފަރާތްތަކުން ކުރަމުން ދާކަމަށް. މިކަމަކީ އެއްގޮތަކަށްވެސް ބަލައިގަންނަ ކަމެއް ނޫންކަމަށް ވަނީ ބުނެފަ.

 

ސެޕްޓެމްބަރ 9, 2023 3:42 ޕމ

ރިޔާސީ އިންތިޚާބު 2023 ގެ 14:00 އާ ހަމައަށް ވޯޓުލާފައިވާ މީހުންގެ ނިސްބަތް.

ސެޕްޓެމްބަރ 9, 2023 3:40 ޕމ

#ފޮޓޯ | އިނދިކޮޅު ކެނޑިޑޭޓް ޑރ. މުއިއްޒުގެ އަނބިކަބަލުން ވޯޓު ލައްވައިފި.

ސެޕްޓެމްބަރ 9, 2023 3:24 ޕމ

2:00 އާ ހަމަޔަށް % 58 ވޯޓުލައިފި.

ސެޕްޓެމްބަރ 9, 2023 3:17 ޕމ

މިއަދުގެ ވޯޓުލުން ކޮންމެ ގޮތަކަށް ނިމުނު ނަމަވެސް ރައްޔިތުން ނިންމާ ކޮންމެ ނިންމުމަށް އިޚުތުރާމުކޮށް ޤައުމު ކުރިއަށް ގެންދަން ޖާގަ ދޭންޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެ.

ނައިިބް ރައީސް މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ވޯޓުލުމަށް ވަޑައިގެންނެވުމަށްފަހު ނޫސްވެރިންނާއި ވާދަހަކަ ދައްކަވަމުން. ނައިބް ރައީސް ވިދާޅުވީ އިންތިޚާބުގެ ކަންކަން ކުރިއަށް ދަނީ ވަރަށް އަމާން ކަމާއި އޮމާން ކަމާއިއެކުގައި ކަމަށާއި، އަދި އުންމީދަކީ ވޯޓުލުން ނިމިގެން ދާނީވެސް ހަމަ މިއެކުވެރި ކަމާއިއެކުގައި ކަމަށް ގަބޫލު ކުރާކަމަށް.

ސެޕްޓެމްބަރ 9, 2023 3:16 ޕމ

ވޯޓާސް ލިސްޓުގައި ދިރި ހުރި މީހަކު، މަރުވެފައިވާ މީހެއް ކަމަށް ނިންމާފައި އޮތުމުން އޭނާއަށް ވޯޓުލުމުގެ ހައްގުން މަހުރޫމް ވެއްޖެ.

މިކަން ހިނގާފައިވައިނީ ކ. މާފުށީގަ. މިކަން ހިނގާފައިވަނީ އެއް ނަން ކިޔާ ދެ މީހެއްގެ ނަން ލިސްޓްގައި އޮތުމުން. މަރުވެފައިވާ ކަމަށް ކަނޑަޅައި ލިސްޓުން އުނިކޮށްފައި ވަނީ ދިރިހުރި މީހާގެ ނަން. އަނެއް މީހާގެ ނަން ލިސްޓްގައި އެބަ އޮތް.

ސެޕްޓެމްބަރ 9, 2023 3:13 ޕމ

#ފޮޓޯ | އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދު ވޯޓު ލެއްވުން.

ސެޕްޓެމްބަރ 9, 2023 2:53 ޕމ

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އަމިއްލަ ގޮތުން ވާދަކުރައްވާ އުމަރު ނަސީރު ވޯޓު ލައްވައިފި.

ސެޕްޓެމްބަރ 9, 2023 2:51 ޕމ

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމްލަ 282،395 މީހަކަށް ވޯޓުލުމުގެ ހައްޤު ލިބިފައިވޭ. މީގެ ތެރޭގައި އަލަށް ވޯޓުލާ 27،000 އަށްވުރެ ގިނަ މީހުން ހިމެނޭ. އަދި ޤާނޫނަށް ގެނެވުނު އިސްލާޙާއެކު މިފަހަރުގެ އިންތިޚާބުގައި ލޯފަން މީހުންނަށް އިތުރު މީހެއްގެ އެހީއަކާއި ނުލާ، އަމިއްލައަށް ވޯޓުލުމުގެ ފުރުޞަތު ވަނީ ލިބިގެންގޮސްފަ.

ސެޕްޓެމްބަރ 9, 2023 2:35 ޕމ

ވޯޓުލުމުގެ ޕްރޮސެސް އަވަސްކުރުމަށް ޓަކައި އީސީން ވަނީ އެއް ފޮއްޓަށް ވޯޓުލާ މީހުންގެ އަދަދު މީގެ ކުރިން ބޭއްވި އިންތިހާބުތަކަށް ވުރެ މަދުކޮށްފަ. ކުރީގެ އިންތިހާބުތަކުގައި އެއް ފޮއްޓަށް 1200 މީހުން ވޯޓު ލި ކަަމަށާއި މިފަހަރު އެއް ފޮށްޓަށް އެންމެ ގިނަވެގެން ވޯޓުލާނީ 750 މީހުން ކަމަށް ކޮމިޝަނުންވަނީ ބުނެފަ. ބައެއް މަރުކަޒުތަކުގައި ކުދިކުދި ހާދިސާތައް ހިނގި ނަމަވެސް، ވޯޓުލުން ކުރިއަށް ދަނީ އަމާންކަމާ އެކުގައި ކަމަށް ހަބީބް ވިދާޅުވި.

ސެޕްޓެމްބަރ 9, 2023 2:34 ޕމ

އެ ކޮމިޝަނުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 135،422 މީހުން ވަނީ ވޯޓުލާފަ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 47.95 ޕަސެންޓު. އޭގެ ތެރެއިން 24.53 ޕަސެންޓު މީހުންނަކީ ފިރިހެނުން. އަދި, އަންހެނުންގެ ނިސްބަތަކީ 23.43 ޕަސެންޓް.

ސެޕްޓެމްބަރ 9, 2023 2:32 ޕމ

މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގައި މިވަގުތާ ހަމައަށް ވޯޓުލާ މީހުންގެ ތެރެއިން 47 ޕަސެންޓު މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ތަފާސްހިސާބުތަކުން ދައްކައިފި.

ސެޕްޓެމްބަރ 9, 2023 2:31 ޕމ
ރިޔާސީ އިންތިޚާބު 2023 ގެ 13:00 އާ ހަމައަށް ވޯޓުލާފައިވާ މީހުންގެ ނިސްބަތް.
ސެޕްޓެމްބަރ 9, 2023 2:21 ޕމ

ރިޔާސީ އިންތިޙާބުގެ ވޯޓުލުމުގެ ކަންކަން ޖަލުތަކުގައި ކުރިއަށްދަނީ ވަރަށް އަމާންކަމާއިއެކު، މިހާތަނަށް ގިނަ އަދަދެއްގެ ޤައިދީންނާއި ބަންދުމީހުން ވޯޓް ލާފަ.

ސެޕްޓެމްބަރ 9, 2023 2:12 ޕމ

މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގައި، ވޯޓް ލައްވަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ރަޖިސްޓަރީ ނުކުރައްވާކަން ހާމަވެއްޖެ.

ގައިދީން ވޯޓުލާން ހަތަރު ޖަލެއްގައި ފަސް ވޯޓް ފޮށި އިލެކްޝަން ކޮމިޝަނުން ވަނީ ބަހައްޓާފަ. މާފުށީ ޖަލުގައި ދެ ވޯޓް ފޮއްޓެއް ހުންނައިރު، ޖަލުގައި ބަހައްޓާ ފޮއްޓަށް ޔާމީން ރަޖިސްޓަރީ ނުކުރައްވާތީ އިލެކްޝަން ކޮމިޝަނުގެ ވޯޓާސް ލިސްޓްގައި އެ މަނިކުފާނިގެ ނަންފުޅު އޮތީ މައްޗަންގޮޅި އުތުރު ދާއިރާގެ ދެވަނަ ވޯޓް ފޮށީގެ ލިސްޓުގަ.

އިދިކޮޅު ލީޑަރުވަނީ ކޮރަޕްޝަނާއި ޚިޔާނާތުގެ ތުހުމަތުގައި 11 އަހަރަށް ޖަލަށް ލާފައި
ސެޕްޓެމްބަރ 9, 2023 2:09 ޕމ

ހުޅުމާލޭ ޖަލުގައި ޙުކުމް ތަންފީޛުކުރަމުން ދިޔަ ގއ. ކަނޑުހުޅުދޫ އަންނާރުމާގޭ ޙަސަން މޫސާ ދީދީ (85 އަހަރު) މިއަދު ނިޔާވެއްޖެ.

ސެޕްޓެމްބަރ 9, 2023 2:00 ޕމ

ބ. ތުޅާދޫގައި ކެމެރާ ހަރުކޮށްފައިވާ ގަލަމަކުން ވޯޓު ކަރުދާސްކޮޅެއްގެ ފޮޓޯ ނެގި މައްސަލައެއް ފެންމަތިވެއްޖެ.

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންސްގެ ނައިިބް ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ކެމެރާ ހަރުކޮށްފައިވާ ގަލަމަކުން ވޯޓު ކަރުދާހުގެ ފޮޓޯ ނެގިކަން އެގުމާއިއެކު ވޯޓުލުން ހުއްޓާލައި އެމައްސަލަ ބަލަން ފަށާފައިވާކަމަށް.

ސެޕްޓެމްބަރ 9, 2023 1:54 ޕމ

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަ ކުރައްވާ ކެނޑިޑޭޓް ގާސިމް އިބްރާހީމްގެ ހަގު އަނބިކަނބަލުން ރާނިޔާ ވޯޓު ލައިފި.

ސެޕްޓެމްބަރ 9, 2023 1:52 ޕމ

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ރިޔާސީ އިންތިޚާބުގައި ވޯޓު ދެއްވައިފި.

ސެޕްޓެމްބަރ 9, 2023 1:19 ޕމ
މެންދުރު 12 ޖެހުމާ ހަމައަށް 112,250 މީހުން ވޯޓު ލައިފި. އެއީ 39.75 ޕަސެންޓު މީހުން: އީސީ
ސެޕްޓެމްބަރ 9, 2023 1:18 ޕމ

އެމްއެންޕީގެ ރަނިންމޭޓް ޑރ. އަދީލް ވޯޓު ލައްވައިފި.

ސެޕްޓެމްބަރ 9, 2023 1:17 ޕމ

މަހުޖަނު އުއްޗު ވޯޓު ލައްވައިފި.

ސެޕްޓެމްބަރ 9, 2023 12:36 ޕމ

ރިޔާސީ އިންތިހާބުގެ ވޯޓާ ދިމާކޮށް އެމްޑީޕީން ފައިސާ ބަހާ ކަމަށް ދައްކާ ވާހަކަތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދޮގު ކުރައްވައިފި.

ރައީސް އެގޮތަށް ވިދާޅުވީ ރިޔާސީ އިންތިހާބުގައި މިއަދު ވޯޓުލެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން. ރައީސް ވިދާޅުވީ ވޯޓު ގަންނަން އެމްޑީޕީން ފައިސާ ބަހާ ވާހައަކީދޮގެއް ކަމަށް.

 

ސެޕްޓެމްބަރ 9, 2023 12:16 ޕމ

ރައީސް މައުމޫން ވޯޓު ލައްވައިފި.

ސެޕްޓެމްބަރ 9, 2023 12:03 ޕމ

ރައީސް ސާލިހު ވޯޓު ލައްވައިފި.

ސެޕްޓެމްބަރ 9, 2023 12:00 ޕމ

🛑‫#ފޮޓޯ‬ | އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓު ކާނަލް ނާޒިމް ވޯޓު ލެއްވުން.

ސެޕްޓެމްބަރ 9, 2023 11:16 އމ

🛑⁧‫#ފޮޓޯ‬⁩ | ރައީސް ސާލިހު ވޯޓު ލެއްވުން.

ސެޕްޓެމްބަރ 9, 2023 11:11 އމ

ރިޔާސީ އިންތިޚާބުގައި މިހާތަނަށް ވޯޓު ލާފައިވަނީ %12.81 މީހުން. އެއީ 36،163 މީހުން.

ސެޕްޓެމްބަރ 9, 2023 11:01 އމ

ފޮޓޯ | އިދިކޮޅު ކެނޑިޑޭޓް ޑރ. މުއިއްޒު ވޯޓުލެއްވުން.

ސެޕްޓެމްބަރ 9, 2023 9:55 އމ

ސެޕްޓެމްބަރ 9, 2023 9:46 އމ

ސެޕްޓެމްބަރ 9, 2023 9:45 އމ

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވޯޓު ލައްވައިފި.

ސެޕްޓެމްބަރ 9, 2023 9:44 އމ

ހަވީރަށް މަޑު ނުކޮށް އަވަހަށް ވޯޓު ދެއްވުމަށް އިދިކޮޅު ކެނޑިޑޭޓް އެދިވަޑައިގެންފި.

ސެޕްޓެމްބަރ 9, 2023 9:43 އމ

🛑#ފޮޓޯ | ރިޔާސީ އިންތިޚާބުގައި ވޯޓު ލުން, މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެށިގެން ކުރިޔަށް.

ސެޕްޓެމްބަރ 9, 2023 9:18 އމ

ލަންޑަން، އަބޫދާބީ ފިޔަވައި، އެހެން ހުރިހާ ތަނެއްގައި ވޯޓުލުން ފެށިގެން ކުރިޔަށް އެބަދޭ.

ސެޕްޓެމްބަރ 9, 2023 9:03 އމ

ޖޭޕީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބުރާހިމް ވޯޓު ލައްވައިފި

ސެޕްޓެމްބަރ 9, 2023 8:50 އމ

ބޭރުގެ އޮބްޒާވަރުން ދަނީ ވޯޓުލާ ސަރަހައްދުތަކުގައި ހަރަކާތްތެރި ވަމުން.

ސެޕްޓެމްބަރ 9, 2023 8:29 އމ

ޑރ. މުއިއްޒުގެ ރަނިންމޭޓް ސެމްބެ ވޯޓު ލައްވައިފި.

ސެޕްޓެމްބަރ 9, 2023 8:26 އމ

ރާއްޖޭގައި ހުރިހާ ކަންކޮޅުތަކެއްގައި ރިޔާސީ އިންތިހާބުގެ ވޯޓުލާން ފަށައިފިއެވެ.

ސެޕްޓެމްބަރ 9, 2023 8:23 އމ

ސެޕްޓެމްބަރ 9, 2023 8:12 އމ

މާލޭގެ ގިނަ ވޯޓުފޮށި ތަކަށް ވޯޓުލާން ފަށައިފި.

ސެޕްޓެމްބަރ 9, 2023 8:09 އމ

ރިޔާސީ އިންތިހާބު 2023 ގެ ވޯޓުލުން ފެށޭނީ، ހެނދުނު 8:00 ގައި.
‏ވޯޓުލުން ނިމޭނީ ހަވީރު 4:00 ގައި.
‏ހެނދުނު 7:30 ން ފެށިގެން،
‏ކިޔޫ ގައި މަޑުކުރެވޭނެ.
‏ވޯޓުލާން ފުރަތަމަ އަންނަ 2 މީހުންގެ ހާޒިރުގައި ސެކިޔުރިޓީ އުރަ ކަނޑާލުމަށްފަހު، 8 ޖަހާއިރު ވޯޓުލުން ފެށިގެން ދާނެ.
‏ހަވީރު 4 ޖަހާއިރު ވޯޓުލުމަށް ކިއޫގައި މީހަކު ނެތްނަމަ، ކިޔޫ ބަންދު ކުރާނެ.
‏ވޯޓު ގުނަން ފަށާނީ އާންމު ގޮތެއްގައި،
‏ހަވީރު 4:30 ގައި.
‏މިހާރު ހުރިހާ ވޯޓުލާ މަރުކަޒުތަކުގައި
‏އޮފިޝަލުން ތިބީ ތައްޔާރަށް.
‏ވޯޓުލާން ފެށުމާއެކު ވީހާވެސް އަވަހަކަށް
‏ވޯޓުލުމުގެ ޙައްގު އަދާކުރައްވާ!

ސެޕްޓެމްބަރ 9, 2023 8:03 އމ

މާލޭގެ ފޮށިތައް ބެހެއްޓިފައިވާ ސަރަހައްދުތަކުގައި ވޯޓު ލުމަށް ދިގު ކިއުތައް ދަމާލާއިފި.

ސެޕްޓެމްބަރ 9, 2023 8:01 އމ

ބައެއް ރަށްރަށުގައި ވޯޓުލާގަޑި ޖެހުމުގެ ކުރިން ވޯޓުލާން ކިއު ހަދަން ފަށައިފި.

ސެޕްޓެމްބަރ 9, 2023 7:49 އމ

ރިޔާސީ އިންތިޚާބުގެ ވޯޓުލުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވަނީ ހެނދުނު 08:00 އިން ހަވީރު 04:00 އަށެވެ. އިނގިރޭސި ވިލާތް ފިޔަވާ، ވޯޓުފޮށި ބަހައްޓާ އެހެނިހެން ގައުމުތަކުގައިވެސް ރާއްޖޭ ގަޑިން 08:00 ގައި ވޯޓުލުން ފަށަން އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅާފައެވެ.

ސެޕްޓެމްބަރ 9, 2023 1:11 އމ

ރިޔާސީ އިންތިޚާބުގެ ވޯޓުލުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވަނީ ހެނދުނު 08:00 އިން ހަވީރު 04:00 އަށެވެ. އިނގިރޭސި ވިލާތް ފިޔަވާ، ވޯޓުފޮށި ބަހައްޓާ އެހެނިހެން ގައުމުތަކުގައިވެސް ރާއްޖޭ ގަޑިން 08:00 ގައި ވޯޓުލުން ފަށަން އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅާފައެވެ.

ސެޕްޓެމްބަރ 9, 2023 12:16 އމ

ކުރިއަށް އޮތް 5 އަހަރަށް ރާއްޖޭގައި ވެރިކަން ކުރާނެ ވެރިއަކު ހޮވުމަށް ބާއްވާ ރިޔާސީ އިންތިޚާބުގައި ޖުމްލަ 8 ކެނޑިޑޭޓުން ބައިވެރިވެއެވެ. މިއީ މި އިންތިޚާބު ހާއްސަވާ އެއް ސަބަބުވެސް މެއެވެ. 2008 ވަނަ އަހަރު ރާއްޖެއަށް ތަޢާރަފްވި މަލްޓި ޕާޓީ ނިޒާމުގެ ތެރެއިން ބާއްވާ 4 ވަނަ ރިޔާސީ އިންތިޚާބަކީ މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ކެނޑިޑޭތުން ވާދަކުރާ ރިޔާސީ އިންތިޚާބެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން:
• ކެންޑިޑޭޓު ނަންބަރު 1: އަމިއްލަ ގޮތުން / ޢުމަރު ނަޞީރު
• ކެންޑިޑޭޓު ނަންބަރު 2: އަމިއްލަ ގޮތުން / ޙަސަން ޒަމީލް
• ކެންޑިޑޭޓު ނަންބަރު 3: އެމްޑީޕީ/ އިބްރާހިމް މުޙައްމަދު ޞާލިޙް (އިބޫ)
• ކެންޑިޑޭޓު ނަންބަރު 4: ޕީއެންސީ / ޑރ. މުޙައްމަދު މުޢިއްޒު
• ކެންޑިޑޭޓު ނަންބަރު 5: ޖުމްހޫރީ ޕާޓީ / ޤާސިމް އިބްރާހިމް
• ކެންޑިޑޭޓު ނަންބަރު 6: އަމިއްލަ ގޮތުން / ފާރިސް މައުމޫން
• ކެންޑިޑޭޓު ނަންބަރު 7: ދަ ޑިމޮކްރެޓްސް/ އިލްޔާސް ލަބީބް (އިއްލި)
• ކެންޑިޑޭޓު ނަންބަރު 8: އެމްއެންޕީ/ ކާނަލް މުޙައްމަދު ނާޒިމް (ކާނަލް ނާޒިމް)

މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤުލި ބިފައިވަނީ 282،395 މީހަކަށެވެ. އޭގެތެރޭގައި މުޅިން އަލަށް ވޯޓުލެވޭ 27,006 ޒުވާނުން ހިމެނެއެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުގައި 574 ވޯޓު ފޮށި ބަހައްޓައެވެ. އެއީ މާލެ ސަރަހައްދުގައި 176 ފޮއްޓާއި އަތޮޅު ތެރޭގައި ރަށްރަށުގައި 319 ފޮށިީގެ އިތުރުން، ރިސޯޓުތަކުގައި 65 ފޮށި، ރާއްޖެއިން ބޭރުގައި 8 ފޮށި، އަދި ޖަލުތަކާއި ސިނާއި ރަށްރަށުގައި 6 ފޮއްޓެވެ.

އިންތިޚާބުގެ ދެވަނަބުރަކަށް ވޯޓްލާންޖެހޭ ހާލަތެއްގައި، ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.

ރިޔާސީ އިންތިޚާބާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތާއި ޚަބަރުތައް، ވޯޓުލާދުވަހުގެ އެކިއެކި ހަރަކާތްތައް އަދި ވޯޓުލުމާއި ވޯޓުގުނުން ކުރިއަށްދާގޮތް، އިންތިޚާބުގެ ނަތީޖާ އިއުލާންކޮށް ނިމުމާއި ހަމައަށް އަޅުގަނޑުމެންގެ ލައިވް ބްލޮގުން ތިބޭފުޅުންނާއި ހަމައަށް ގެނެސްދެމުން ދާނަމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *