ވޯޓު ގަތުމަށް ރިޝްވަތު ހުށަހަޅާނަމަ، އެކަމެއް ބަލައި ފިޔަވަޅު އަޅާނަން: އޭސީސީ

ވޯޓު ގަތުމަށް ރިޝްވަތު ހުށަހަޅާނަމަ، އެކަމެއް ބަލައި ފިޔަވަޅު އަޅާނަން: އޭސީސީ

Author
މުޙައްމަދު ޝަޒައިމް
08 ސެޕްޓެމްބަރ 2023 11:13
0

ރިޔާސީ އިންތިހާބަށް ވޯޓު ގަތުމަށް ރިޝްވަތު ހުށަހަޅާ ނަމަ އެ މައްސަލަ ހުށަހެޅުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެދިއްޖެއެވެ.

ރިޔާސީ އިންތިޚާބުގައިި ސަރުކާރުން ވޯޓު ގަނެ ފައިސާއާއި، ތަކެތީގެ ނުފޫޒު ފޯރުވަމުންދާކަން އިދިކޮޅު ފަރާތްތަކުން ދަނީ ތަކުރާރުކޮށް ހާމަކުރަމުންނެވެ. އިންތިޚާބަށް އެއްދުވަސް ވެފައި އޮއްވާ އޭސީސީން ނެރުނު ނޫސް ބަޔާނުގައިވަނީ ކެމްޕެއިން ކުރިއަށްދާއިރު ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތް ކުރުމާއި ވޯޓު ދިނުމުގައި ނަޒާހަތްތެރިކަން އިސްކުރުމަށް ސަމާލުވުމަށް ކޮމިޝަނުން އެދޭ ކަމަށެވެ.

އަދި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތް ކުރާ ފަރާތްތަކުން ވަކި ގޮތަކަށް ވޯޓު ލުމަށް ނުވަތަ ވޯޓު ނުލުމަށް އެއްވެސް ފަރާތަކަށް ނުފޫޒު ނުފޯރުވުމަށާއި ވަކި މީހަކަށް ވޯޓު ލުމަށް ނުވަތަ ނުލުމަށް ބުނެ ރިޝްވަތުގެ ގޮތުގައި ފައިސާ ނުވަތަ ހަދިޔާ ނުދިނުމަށާއި މާލީ ގޮތުން ނުވަތަ މާއްދީ ގޮތުން ފައިދާއެއް ވެދާނެ އެއްވެސްކަމެއް ކޮށްދީ އަދި އެފަދަ ކަމެއް ކޮށްދިނުމަށް ހުށަނޭޅުމަށްވެސް ކޮމިޝަނުންވަނީ އެދިފައެވެ.

ވަކި ގޮތަކަށް ވޯޓު ދިނުމަށް ނުވަތަ ނުދިނުމަށް އެދި ހުށަހަޅައި ހުށަހެޅުންތައް ގަބޫލު ނުކުރުމަށް ވެސް އޭސީސީން ވަނީ އެދިފައެވެ. ރިޔާސީ އިންތިހާބާ ގުޅޭ ކޮރަޕްޝަނުގެ މައްސަލައެއް ފާހަގަވެއްޖެނަމަ އެ މައްސަލައެއް ކޮމިޝަނަށް ހުށައެޅުމަށާއި މިގޮތުން ހުށައަޅާ މައްސަލަތައް ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ޔަގީންކަންވެސް އޭސީސީންވަނީ ރައްޔިތުންނަށް ދީފައެވެ.

އިންތިޚާބާއި ގުޅޭ ޝަކުވާތައް އިލެކްޝަންސް ކޮމިޝަނަށްވެސް ހުށަހެޅޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. ނަމަވެސް ކޮރަޕްޝަނާއި އެނޫންވެސް މައްސަލަތައް ހުށަހަޅަންޖެހޭނީ އޭސީސީއާއި، ފުލުހުންނަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަޑިކޮންނަ
ތިތިބީ ފިތިބާރުވެފާ 4 ވެސް ފިތިފަ ދެންބެލޭނެ އެއްޗެއްނެތް . ކޮބާ ބަލަންބުނި އެމްއެމްޕީއާރުސީގެ މައްސަލާ. ހުވާކޮށް އޮފީހާހަވާލުވެފަދެއްކި ވާހަކަތަކުންހީވީ މީމަތިންފައިބައިގެން އައިސް އިންސޮޯރެއްހެން ކަންތައްތައްބަލާ ނިންމާލާނީ އަތުފަތުނުޖެހޭހާ ބާރު ސްޕީޑްގަކަމަށް. ކަމަކާޖެހުނިމަ އޮންނަނީ ހަރަށްވަދެފިލާ.