ޖަގަހަތަކުގެ އެތެރޭގައި އިދާރީ މީހުންނަށް ތިބުމަށް ހުރަހެއް ނެތް

ޖަގަހަތަކުގެ އެތެރޭގައި އިދާރީ މީހުންނަށް ތިބުމަށް ހުރަހެއް ނެތް

ގުޅުންހުރި

ރިޔާސީ އިންތިހާބުގެ ވޯޓުލުން އޮންނަ ދުވަހު ޖަގަހަތަކުގެ އެތެރޭގައި އިދާރީ މީހުންނަށް ތިބެވޭނެ ގޮތަށް ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

މާދަމާ އޮންނަ ރިޔާސީ އިންތިހާބުގެ ވޯޓާ ގުޅިގެން އިލެކްޝަންސް ކޮމިޝަނާއި ފުލުހުން ގުޅިގެން ބޭއްވި ޕްރެސް ކޮންފަރެންސްގައި އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ގައުމީ ލަފާ ދޭ ކޮމިޓީން މިރޭ ބޭއްވި ބައްދަލުވުމުގައި އީސީން ނިންމި ނިންމުމަކާ ގުޅިގެން ސިޔާސީ ޕާޓީތަކާ އެކުގައި މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

އީސީން ކުރިން ނިންމާފައި އޮތީ މިއަދު އިރުއޮއްސި ހަޔަކުން ފެށިގެން އާދިއްތަ ދުވަހު ހަޔަކަށް ޖަގަހަތަކުގައި އެއްވެސް ކަމެއް ކުރުމަކީ މަނާ ކަމެއްގެ ގޮތުގައެވެ.  ނަމަވެސް ހަބީބް ވިދާޅުވީ ލަފާދޭ ކޮމިޓީގައި ކުރެވުނު މަޝްވަރާތަކުގެ އަލީގައި އީސީން އެ ނިންމުން ބަދަލުކޮށްފައިވާ ކަމަށެވެ.

މިއާއެކު، ޖަގަހަތަކުގެ ތެރޭގައި އިދާރީ މީހުންނަށް، އިދާރީ މަސައްކަތް ކުރުމުގައި ތިބެވޭނެ ކަމަށެވެ. ނަމަވެސް ކެމްޕެއިން ކުރުމުގެ ޒާތުގެ އެއްވެސް ކަމެއް ޖަގަހަ ކުރުމަކީ މަނާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ކެމްޕެއިނެއް ނުކުރެވޭނެ. ޖަގަހަތައް ހުންނަން ވާނީ ބަންދުކޮށްފައި. ބަންދުކޮށްފައި އެތެރޭގައި ތިބުމަކުން ކޮމިޝަންގެ މައްސަލައެއް ނެތް ކަމަށް ކޮމިޝަންގެ މެމްބަރުންނަށް މި ފެނިވަޑައިގަތީ. ލަފާދޭ ކޮމިޓީގައި ހިމެނޭ ސިޔާސީ ބޮޑެތި ޕާޓީތަކުން އެގޮތަށް އެދިވަޑައިގަތުމާ ގުޅިގެން،" ހަބީބް ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ މިފަދަ ކަންކަމަށް އީސީން އެއްބަސްވަނީ އިންތިހާބުގެ ކަންކަން ވީހާވެސް އަމާންކަމާއި އޮމާންކަމާއެކީގައި ގެންދިއުމަށްޓަކައި ކަމަށެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *