އައްޑޫ ސިޓީއަށް އަންނަމުންދަނީ މިއިން ޒަމާނަކު ނާންނަވަރުގެ ތަރައްޤީއެއްކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އައްޑޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު އައްޑޫއަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދެވުމަށް ގިނަ މަސައކްަތްތަކެއް މިދައުރުގައި ކުރެއްވިކަމަށެވެ. އެގޮތުން އައްޑޫން އެ ރީތި މަންޒަރު މިހާރު ފެންނަމުންދާކަން ފާހަގަކުރައްވާ ރައީސް ވަނީ އައްޑޫގެ ބިން ހިއްކުމުގެ ބިޔަ މަޝްރޫޢު ނިމިފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ރިސޯޓް ތަރައްޤީކުރުމަށްވެސް ބިން ހިއްކާ ނިމިފައިވާކަމަށާއި، 124 ކިލޯ މީޓަރުގެ މަގު ހެދުމުގެ ބިޔަ މަޝްރޫޢު ނިމުމަކާ ގާތްވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އައްޑޫން އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ބޮޑު މަންޒަރަކީ އެއްބުރުން އެމްޑީޕީ އިންތިހާބު ކާމިޔާބުކުރާ ތަންކަމަށެވެ. އަދި އިންތިހާބުން މޮޅުވުމަށް "ސީލްކޮށް ތައްގަނ"ޑު ޖަހާނެ ތަނަކީ އައްޑޫ ކަމަށް ރައީސް ވިދާޅުވިއެވެ. އެކަމާ ޝައްކު ނުކުރައްވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި އައްޑޫ ސިޓީއަކީ ރާއްޖޭގެ ޑިމޮކްރަޓިކް ހަޔާތުގައި ވަރަށް ތާރީހީ އަދި ބުރަ މަސައްކަތެއް ކުރި ރައްޔިތުންތަކެއް ތިބި ތަނެއް ކަމަށް ވިދާޅުވެފައެވެ. އަދި އެ ބުރަ މަސައްކަތުގެ ނަތީޖާ މިހާރު އައްޑުއަށް ގެންނަމުންދާކަން ފާހަގަކުރައްވާ ރައީސް ވަނީ ރައްޔިތުން އެދިއެދި ތިބި ތަރައްގީ ފުރިހަމަ ވަމުންދާކަމަށެވެ.

މިއީ އައްޑޫ ސިޓީއަށް މިއިން ޒަމާނަކު ނާންނަވަރުގެ ބޮޑު ތަރައްގީއެއް. އަޅުގަނޑުދެކޭ ގޮތުގައި އޭރުން އަދި ކިރިޔާ މި ރާއްޖޭގެ ރައްޔިތުންނަށް އަސްލު ފައިދާ ލިބެން ފަށާނީ. އަޅުގަނޑުމެން ފަށާފައި ހުރި މަސައްކަތްތައް ނިންމާނީ މި ދެންނެވި ގޮތަށް ރާއްޖޭގެ އުތުރާއި ދެކުނުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ތަފާތު ކުރުމެއް ނެތި ރާއްޖޭގެ ފައިދާ ހުރިހާ ރައްޔިތުންނަށް ލިބޭ ގޮތް ހަދާފައި..
– ރައީސް ޞާލިޙް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެމަނިކުފާނު ފަށްޓަވާފައިވާ މަސައްކަތްތައް ނިންމާނީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އިންސާފުވެރިކަމާއެކު ތަރައްގީ ގެނެސްފައިކަމަށެވެ. ރައީސް ވިދާޅުވީ، މިހާތަނަށް އާއިރު ރާއްޖޭގެ އިޤްތިޞާދު އޮތީ ވަކި ފަރާތަކުން އުފުލި ދެކޮޅަށް ތިރިވެފައި ކަމަށެވެ. ނަމަވެސް، އެކަން ބަދަލުކުރުމުގެ މަސައްކަތް ކުރައްވާކަމަށާއި، އައްޑޫ ތަރައްޤީކުރާނީ އިޤްތިޞާދީ މައި ހަބެއްގެ ގޮތުގައިކަމަށެވެ.
ކޮމެންޓު ފޮނުވާ